އިންސާނަށް ލިބޭނެ އެންމެ ބޮޑު ނިޢްމަތަކީ އެމީހަކު ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަތުމެވެ. ﷲ ތަޢާލާ އެބައަކު ދެކެ ލޯބިވެވޮޑިގަންނަވާނެ މީހުންގެ ކިބައިގައި ހުންނާނެ 7 ސިފައެއް މިބަޔާންކުރަނީ ކީރިތި ޤުރްއާނުންނެވެ.
1، 2 "--- 1. ހަމަކަށަވަރުން، ގިނަގިނައިން ތައުބާ ވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. 2. އަދި ޠޯހިރުވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ." (ބަޤަރާ: 222)
3. "---ހަމަކަށަވަރުން، ތަޤްވާވެރިންދެކެ، ﷲ ލޯބިވެވޮޑިގެންވެއެވެ." (ތައުބާ: 4)
4. "---އިޙްސާން ތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." (އާލް ޢީމްރާން: 134)
5 "---ކެތްތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ." (އާލް ޢިމްރާން: 146)
6. "---ފަހެ، (ކަމަކާމެދު) ކަލޭގެފާނު ޢަޒުމްކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު ﷲ އަށް ވަކީލް ކުރައްވާށެވެ! ހަމަކަށަވަރުން، ވަކީލްކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ." (އާލް ޢިމްރާން: 159)
7 "---ހަމަކަށަވަރުން، ޢަދުލަށް ޙުކުމްކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ." (އަލް މާއިދާ: 42)
ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެދޭ މީހާ، އެމީހަކީ މި ސިފަތައް އެމީހެއްގެ ކިބައިގައި ބެހެއްޓުމަށް ގަދައަޅައި މަސައްކަތްކުރާ މީހަކަށްވާށެވެ! އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ނިޢްމަތަކީ އެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން