ހިތުހުރިގޮތަކަށް އުޅެފާ "ކީއްހޭ ކުރާނީ މިއީ ތަޤްދީރުގާ ހުރިގޮތޭ!" ބުނުމަކީ ކޮންކަހަލަ ކަމެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ހިތުހުރިގޮތަކަށް އުޅެފާ "ކީއްހޭ ކުރާނީ މިއީ ތަޤްދީރުގާ ހުރިގޮތޭ!" ބުނުމަކީ ކޮންކަހަލަ ކަމެއްތޯ؟

ސުވާލު:. ބައެއްމީހުން ހިތުހުރިގޮތަކަށް އުޅެފާ އެބަބުނޭ ކީއްހޭ ކުރާނީ ތަޤްދީރުގާ ހުރިގޮތޭމީ!  މިހެން ބުނުމަކީ ކޮންކަހަލަ ކަމެއްތޯ؟ 

ޖަވާބު:. ޙަޤީޤަތުގާ އެއީ ވަރަށްގޯސް ބުނުމެއް އޭނައެބުނަނީ އިގޭތޯ! އެއީ އަޅުގަނޑުމެން އެކަން ކުރުމުގެ ކުރިން އަޅުގަނޑުމެންނަކަށް ނޭނގެ އަޅުގަނޑުމެންގެ  ތަޤްދީރުގާ އެކަން ލިޔެވިފާ އޮތީ އެގޮތަށް ކަމެއް! އެހެންވީމާ އަނެއްކާ އަޅުގަނޑުމެންނަކަށް އެއްވެސް ފަރާތަކުންނެއް މަޖްބޫރެއް ނުކުރޭ އެގޮތަށް ކަންތައް ކުރާކަށް! އަޅުގަނޑުމެންގެ އަމިއްލަ އިޚްތިޔާރުގަ އެކަން ކުރީ،  އެހެންނަމަވެސް ތަޤްދީރުގާ އެކަން ލިޔެވިފައިވާ ގޮތަކީ އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޢިލްމުފުޅުގެ ތަނަވަސްކަމުން އެއިލާހު ދެނެވޮޑިގެންވޭ މިވެނި އަޅަކު މިވެނިގަޑިއެއްގަ މިވެނިކަމެއް ކުރާނެކަން. 

އެކަން އެނގިވޮޑިގެން ﷲ އެކަން އެގޮތަށް ލިޔުއްވާފަވަނީ، އެގޮތަށް ލިޔުއްވާފަވާވުން އެއީކީ އެއްވެސް ޙާލެއްގާ އަޅުގަނޑުމެންގެ މައްޗަކަށް ލާޒިމުކަމެއްނޫން އަޅުގަނޑުމެން އެކަން ކުރާކަށެއް އަޅުގަނޑުމެން އެއްވެސްމީހަކަށް އެކަން ވުމުގެ ކުރިން ނުވެއްއެނގޭ އަޅުގަނޑުމެން އެވަގުތުގަ އެކަން ކުރާނެކަމެއްވެސް އެހެންވީމާ އެގޮތަށް ބުނުމަކީ އެއީ އެއްވެސް ޙާލަތެއްގާ ރަގަޅު ބުނުމެއްނޫން. 

އެއްފަހަރެއްގާ ޢުމަރު ރަޟިޔަﷲ ތަޢާލާޢަންހުގެ އަރިހަށް މީހަކު ގެނެވުނު ވައްކަންކޮށްގެން. ގެނެވުނީމާ އޭނަގެގާތުގާ ކީއްވެގެންތޯ ވައްކަންކުރީ ސުވާލު ކުރުމުން އޭނަ ޖަވާބުގަ މިބުނަނީ އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާ ތަޤްދީރުގާ ލިޔުއްވާފަވާ ގޮތްކަމުގަ. އެވަޤުތު ޢުމަރު ރަޟިޔަﷲ ތަޢާލާޢަންހު އޭނަގެ ގައިގައި ތަޢްޒީރުގެ ގޮތުން ޖެހުމަށް އަމުރު ކުރެއްވި. އަދި އެޔަށްފަހުގާ އޭނަވައްކަން ކުރުމުގެ އަދަބެއްގެ ގޮތުން އަތްކެޑުމަށް ވެސް އަމުރުކުރެއްވި .  ވިދާޅުވީ އޭނަގައިގަ ޖަހަން މިއަމުރުކުރެއްވީ އޭނަ ދޮގުހެދީމައޭ ސަބަބަކީ އޭނަޔަކަށް ވައްކަން ކުރުމުގެ ކުރިޔަކުން އޭނަޔަކަށް އެއްވެސް ޙާލެއްގައި ނޭނގޭނެއޭ ﷲ އޭނަގެ ތަޤްދީރުގަ އެކަން ލިޔުއްވާފަވާ ކަމެއް! އަދި އެވައްކަން ކުރާކަށް އޭނަޔަކަށް އެއްވެސް މީހަކު މަޖްބޫރެއްވެސް ނުކުރޭ! އޭނަގެ އަމިއްލަ އިޚްތިޔާރުގަ އޭނަ އެވައްކަން ކުރީ. އެހެންވީމަ ކަމެއްކޮށްފަ އެކަން އެގޮތަށް ދިމާވީ އެއީ ތަޤްދީރުގާ އެހެން އޮތީތީއޭ އެހެން ބުނުމަކީ އެއީ އެއްވެސް ޙާލެއްގާ ރަގަޅު ބުނުމެއްނޫން. 

- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން