އަބަދު ވުޟޫ މަތީގައި ހުރުމުގެ ފައިދާ އެނގޭ މީހާ އަބަދު ހުންނާނީ ވުޟޫމަތީގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
އަބަދު ވުޟޫ މަތީގައި ހުރުމުގެ ފައިދާ އެނގޭ މީހާ އަބަދު ހުންނާނީ ވުޟޫމަތީގަ!

ވުޟޫމަތީގައި ހުރުމަކީ ވަރަށް ގިނަ ފައިދާތައް އެމީހަކަށް ކުރާނެ ކަމެކެވެ. ވުޟޫކުރާ ކޮންމެ ފަހަރަކު ވުޟޫކުރާއިރު އޮހޮރިގެންދާ ފެންތަކާއިއެކު ތިމާގެ އެތައް ބައިވަރު ފާފަތަކެއް ފުހެވިގެންދެއެވެ. 

އަދިކީއްހެއްޔެވެ؟ އަބަދުވެސް ވުޟޫ މަތީގައި (ވުޟޫކޮށްގެން) ހުންނަން މަސައްކަތްކުރާނަމަ އިން ޝާ ﷲ މަރުގެ މަލާއިކަތާ ވެސް ތިބާ އާއި ބައްދަލުކުރައްވަވާނީ ވުޟޫމަތީގައި ހުއްޓައެވެ. އެއިރުން ތިބާގެ ހަށިގަނޑަކީ ކިހައި ޠާހިރު ހަށިގަނޑަކަށް ވާނެ ހެއްޔެވެ؟ 

މަރުގެމަލާއިކަތާ ތިބާގެ ފުރާނަ ހިއްޕެވުމަށްފަހު ފުރަތަމަ ގެންދަވާނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ވީއިރު ތިބާގެ ފުރާނަ ނެރުއްވެވީ ވުޟޫމަތީގައި މަތީގައި ހުރި ހަށިގަނޑަކުން ކަމުގައި ވުމަށް ތިބާ ނުއެދޭނަމު ހެއްޔެވެ؟ 

ވުޟޫމަތީގައި ހުރުމަކީ ތިމާގެ ހިތުގައި ﷲ ތައާލާއަށް ލޯބި އަންގައިދޭ ކަމެކެވެ. ކިޔަމަންތެރިކަން އަންގައިދޭ ކަމެކެވެ. ﷲ ތަޢާލާގެ ޙަޒްރަތަށް ކުށްތަންވެގެން ހުރިކަން އަނގައިދޭ ކަމެކެވެ. ހަމަ އެކަނި މިބަޔާން ކުރި މިންވަރުންވެސް އަބަދުމެ ވުޟޫ މަތީގައި ހުރުމުގެ ފައިދާ އެނގިގެންދެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން