ސުވާލު:. ކާވަނި ރޫޅުމަށްފަހުވެސް ލިބިފަ ތިބޭ ދަރިންނަށް ޚަރަދު ކުރަން ޖެހޭނީ ހަމައެކަނި ދަރިންގެ ބައްޕައަށް އެކަނިތޯ؟ މަންމައަކަށް ނުޖެހޭނެތޯ ދަރިންނަށް ޚަރަދު ކުރާކަށް؟
ޖަވާބު:. ދަރިންނަށް ޚަރަދު ކުރުމަކީ އެއީ ކުދިންގެ ބައްޕަގެ ޒިންމާއެއް! އެއްވެސް ޙާލެއްގާ މަންމަ ކުރަން ޖެހޭ ކަމެއްނޫން! އެއީ ބައްޕަ ކުރަންޖެހޭ ކަމެއް!.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މަންމަގެ ތަނަވަސްކަން ކިތަންމެ ބޮޑުނަމަވެސް، ކިތަންމެ ބޮޑު މުސާރައެއް ލިބުނަސް ކައިވެނިކޮށްގެން ތިބޭއިރުވެސް ކައިވެނި ރޫޅުމަށްފަހުގައިވެސް ދަރިންނަށް ޚަރަދުކުރުމަކީ ބައްޕަގެ ޒިންމާއެކެވެ. މަންމްގެ ދީލަތިކަމުން ޚަރަދުކުރުމަކީ މައްސަލައެއް ނޫނެވެ. މަޖުބޫރުކޮށްގެން އަތުލުމެއްވެސް ނެތެވެ.
ވަރިކޮށް 3 މަސްވުމުން ކެނޑޭނީ އަނބިމީހާގެ ޢިއްދައިގެ ޚަރަދެވެ. ދަރިންގެ ޚަރަދުކެނޑޭނީ ދަރިންބޮޑެތިވެ ބައްޕަގެ ކިބައިން ބެލެނިވެރިކަން ނެތުނު ދުވަހަކުންނެވެ.