ސުންނަތުގަ އޮތީ ހަމައެކަނި އަނބިންގެ ޢަދަދު ގިނަކުރަން ކަމަށް ފެނިގެން އުޅޭ މީހުން ނިކަން ބުނެބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ސުންނަތުގަ އޮތީ ހަމައެކަނި އަނބިންގެ ޢަދަދު ގިނަކުރަން ކަމަށް ފެނިގެން އުޅޭ މީހުން ނިކަން ބުނެބަލާށެވެ!

ސުންނަތުގައި އޮތީ ހަމައެކަނި ގިން އަނހެނުންނާއި ކައިވެނިކޮށް އަނބިންގެ ޢަދަދު އިތުރުކުރަންކަމަށް ވިސްނިގެން އުޅޭ ބައަކު އުޅެއެވެ. އެމީހުން ނިކަން ޖަވާބުދީބަލާށެވެ! 

ރަސޫލާ () ކެއްކުމުގައި އަނބިއަނބަކަނބަލުންނާ ބައިވެރިވެވަޑައި ނުގަންނަވާހެއްޔެވެ؟

ތެލިތަށި ސާފުނުކުރައްވަވާހެއްޔެވެ؟

އެކަނބަލުންނަކީ ނޯކަރުން ކަމަށް ހެއްދެވިހެއްޔެވެ؟

ބެއްލެވީ ކޮންމެ ކަމެއްގައިވެސް ބައިވެރިންގެ ގޮތުގައި ނޫންހެއްޔެވެ؟ 

އަހުރެން ދަންނަ ގޮތުގައި މިއީވެސް ހަމަ ސުންނަތްތަކެވެ.. އެކަމަކު ކަލޭމެންނަށް ފެނިގެން ތިއައުޅެނީ އެންމެ ސުންނަތެކެވެ. އަނބިންގެ ޢަދަދު ގިނަކުރުމުގެ ސުންނަތެވެ.

މިހެންބުނީމާ ރުޅިގަދަވާންވީއެއްނޫނެވެ. ހުރިހާ ގޮތަކުން ރަސުލާ () އާ އެއްގޮތް ވުމަށް މަސައްކަތްކުރަންވީއެވެ!

  

- ސަލްމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން