މިއީ މިއަދުގެ މައިންބަފައިންނަށް ޢުމަރު ބިން ޢަބްދުލްޢަޒީޒް ދެއްވަވާފައިވާ ވަރުގަދަ އިންޒާރެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
މިއީ މިއަދުގެ މައިންބަފައިންނަށް ޢުމަރު ބިން ޢަބްދުލްޢަޒީޒް ދެއްވަވާފައިވާ ވަރުގަދަ އިންޒާރެކެވެ!

"އަހަރެންގެ ދަރިންނަށް އޮތީ ދެ ގޮތެކެވެ. އެއްގޮތަކީ އެމީހުންނަކީ ﷲ ތަޢާލާއަށް އީމާންވާ، ތަޤްވާވެރި ހެޔޮ ޢަމަލުތައް ކުރާ ބައަކު ކަމުގައިވުމެވެ. އެއިރުން ﷲ ތަޢާލާ އެދަރިންގެ ކަންކަން ބައްލަވައިވޮޑިގަންނަވާނެތެވެ.

ދެވަނަ ގޮތަކީ އެމީހުންނަކީ މިބުނި ފަދަ ދަރިން ކަމުގައި ނުވުމެވެ. ހަމަ ޔަޤީނުން ވެސް އެފަދަ ދަރިއަކު ފާފަކުރަން އަހަރެންގެ އަތުން އެންމެ ފައިސާފޮތްޗެއްވެސް ޚަރަދެއް ނުކުރާނަމެވެ." --ޢުމަރު ބިން ޢަބަދުލްޢަޒީޒްގެ ބަސްފުޅެއް.

މިއަދުގެ މައިން ބަފައިން މި ބަސްފުޅާއިމެދު ވިސްނައިލުން ކީއްހެއްޔެވެ؟ މައިންބަފައިންގެ ފައިސާގައި ފާފަކުރަމުން އެދަނީ ކިތައް ދަރިން ހެއްޔެވެ؟ މަސްތުވާތަކެތި ބޭނުން ކުރުމާއި ފާހިޝް ޢަމަލުތައް ކުރުން ފަދަ ބޮޑެތި ފާފަތައް ކުރުމުގައިވެސްމެއެވެ.

ލޮބުވެތި މައިންބަފައިންނޭވެ! ތިއަބައިމީހުންގެ ދެލޯ ފަދައިން ލޯބިވާ ދަރިންނަށް ބަންގީގެ އަޑު ނުއިވި ކޮފީ މޭޒުތަކުގައި ތިބެގެން ތިއަބައިމީހުންގެ ފައިސާ ހޭދަކުރަމުން ގެންދާއިރު ހަމަ އެއްވެސް އެއްޗެއް ހިތަށް ނުއަރަނީ ހެއްޔެވެ؟ ތިއަ ކުރެވޭ ކަމަކީ ދަރިންގެ އަތަށް ފައިސާ ދީގެން ދަރިން ނަރަކައަށް ފޮނުވަނީ ނޫންހެއްޔެވެ؟ ތިއަކުރާކަންތަކަށްވެސް ކިޔަންވީ ހަމަ ލޯބިވުން ހެއްޔެވެ؟

ދަރިން ދެކެ ލޯބިވުމަކީ އެކުދިން އެދޭހައި ކަންކަން ކޮށްދިނުމެއް ނޫނެވެ! ގަދަބާރުން، އޮބިއަޅައިގެން ނަމަވެސް ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުކުރުވުމެވެ. ނަރަކައިން ސަލާމަތްކޮށް ސުވަރުގެ ވައްދަން ގަދައަޅައި މަސައްކަތްކުރުމެވެ. ވީމާ ދަރިން ދެކެ ޙަޤީޤީ ލޯބިވާ ބައަކަށްވާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން