ބައެއް ފަހަރު ހިތަށް އަރާނެއެވެ. އެންމެންވެސް އެކަން ކުރަނީއެވެ. އަހަރެން ނުކުރަންވީ ކީއްވެގެންހެއްޔެވެ؟ އެއީ ނުބައި ކަމެއް ނަމަ އެހައި ގިނަ ބައަކު އެކަމެއް ނުކުރާނެ ނޫން ހެއްޔެވެ؟"
ޤަބޫލުކުރާށެވެ! މިއީ ހަމަ ސީދާ ޝައިޠާނާގެ ކިބައިން އަންނަ ވަސްވާސްތަކެވެ. ކިތަންމެ ގިނަ ބައަކު ނުބައި ކަމެއް ކުރި ނަމަވެސް އެކަމަކީ ރަނގަޅު ކަމަކަށް ނުހެދޭނެއެވެ. އަދި ހަމަ އެކަކު ރަނގަޅު ކަމެއް ނުކުރި ނަމަވެސް އެކަމަކީ ނުބައި ކަމަކަށް ނުހެދޭނެއެވެ!
ވީމާ ބުއްދީގެ ބޭނުން ކުރާށެވެ! އިސްލާމް ދީނުގައި ނަހީވެގެންވާ ކަމެއް ކިތަންމެ ގިނަ ބައަކު ކުރި ނަމަވެސް އެކަމެއް ތިމާ ނުކުރާށެވެ! އަދި އެފަދަ ކަމެއްގައި ބައިވެރިވެސް ނުވާށެވެ! އެއރުން ތިމާއަށް ހުރެވޭނީ ރަނގަޅު ގޮތުގައެވެ. ތިމާއަށް އެއިރުން ކަންކަން އެކުރެވުނީ ﷲ ތަޢާލާ އެނގެވި ގޮތުގައެވެ.
ﷲ ތަޢާލާ އަށް ބިރުވެތިވެ ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން، ގިނަ ބައަކު ކުރާ ނުބައި ކަންކަމުގައި މީހަކު ބައިވެރިނުވެ ދުރުގައި ހުރިނަމަ އެކަން ހިމެނިގެންދާނީ ﷲ ތަޢާލާގެ މަގުގައި ސާބިތުވެ ހުރުމަށް ކުރެވޭ ޖިހާދެއް ފަދަ ކަމަކަށެވެ. އެކަމަށް ޙައްޤު ޖަޒާ ﷲ ތަޢާލާ ދެއްވަވާނެތެވެ! އިން ޝާ ﷲ.
މިއީ މުފްތީ މެންކް ދެއްވާފައިވާ ވަރަށް ޚާއްޞަ އަދި ޢިބްރަތްތެރި މެސެޖެކެވެ.