"މިއީ ވެސް އަހަރެންގެ ހިތުގައި ރަސޫލް )ﷺ) އަށް ލޯބި އިތުވެގެންދިއަ ސަބަބެކެވެ.
ބިޔަ ލަޝްކަރަކާއިއެކު މައްކާއަށް އެނބުރިވަޑައިގެން މައްކާ ފަތަޙަ ކުރެއްވެވީ ޞުލްޙަވެރިކަމާއިއެކުގައެވެ.
އެތައް އަހަރެއް ވަންދެން މުސްލިމުންނަށާއި އިތުރު އެކަލޭގެފާނަށް ޢަދާވާތްތެރިވެ ދުއްތުރާތައް ކުރިމަތިކުރުވި، ހަނގުރާމަތައްކޮށް، އަނިޔާތައްކޮށް ލޭ އޮހޮރުވި، އެތައް ސަތޭކަ މުސްލިމުން ޝަހީދުކުރި ޢަދާވާތްތެރިންނަށް ވެސް ދެއްވެވީ ދީލަތި މާފެކެވެ.
މިހުރިހައި ކަންކަމުގެ އިތުރުން ޢަދާވާތްތެރިން މިނިވަންކަމާއިއެކު ދޫކޮށްލެއްވެވީއެވެ.
ޙަޤީޤީ ލީޑަރޝިޕަކީ މިއީއެވެ!"
ރަސޫލް (ﷺ) އާއި ދީނީ މިނިވަންކަން!:
"މައްކާގައި ހުންނެވިއިރު މުޝްރިކުންނަށް އިޙްތިރާމް ކުރެއްވެވިއެވެ.
މަދީނާގައި އިސްލާމީ އުންމަތުގެ ވެރިކަން ޤާއިމުކުރެއްވެވުމަށްފަހު ޔަހޫދީންނަށް އެމީހުންގެ ދީނުގައި ތިބުމުގެ މިނިވަންކަން ދެއްވެވިއެވެ.
ކްރިސްޓިއަނުންނަށް މިސްކިތްކޮޅުތަކަށް ދައުވަތު ދެއްވެވިއެވެ.
މިކަންކަމަށް ކިޔަނީ އާދައާ ޚިލާފް ލީޑަރޝިޕެވެ."
ރަސޫލް (ﷺ) ގެންނެވި އިންޤިލާބް:
"މުޖުތަމައުތަކުން އަންހެނުންގެ ދަރަޖަ އިންތިހާއަށް ނިކަމެތިކޮށްފައިވަނިކޮށް "ސުވަރުގެ ވަނީ މައިމީހާގެ ފައިތަލަދަށުގައި" ބަޔާން ކުރައްވަވައި އަންހެނުންގެ މަޤާމާއި ދަރަޖަ މަތިވެރިކުރެއްވެވިއެވެ.
އެއިރު މުޖުތަމައުތަކުގައި އޮތީ ނަސްލީ ވާދަވެރިކަމެވެ. ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވީ ޢަރަތްބަކުކަމުގައި ވުމަކުން އެހެން މީހުންގެ މައްޗަށް އެއްވެސް މަތިވެރިކަމެއް ނެތް ކަމަށެވެ.
އެއިރު މުޖުތަމައުތަކުން ގޮވަމުން ދިއައީ އެމީހުންގެ ނަސަބާއި ޙަސަބު މަތިވެރިކުރުމަށެވެ. ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވީ މުޅި އިންސާނިއްޔަތު މަތިވެރިކުރުމަށެވެ! މުޅި އިންސާނިއްޔަތަށް ޚިދުމަތް ކުރުމަށެވެ!"
މިއީ މީނާ (ޑރ. ކްރައިގް) ބުނެފައިވާ ބަސްތަކެކެވެ. ދުނިޔޭގެ ފެންވަރުގައި ރަސޫލް (ﷺ) އަސް މެދު ނުކެނޑި އޮހެމުންދާ މިފަތަ ތައްރީފްތައް ޙަޖަމް ނުކުރެވޭ މީހުންނަށް އޮތީ އަމިއްލައަށް މޮޔަވުމެވެ. އެ އެންމެން އަމިއްލައަށް މޮޔަވި ނަމަވެސް މި ޙަޤީޤަތް ބަދަލެއް ނުކުރެވޭނެއެވެ! ޤިޔާމަތާއި ހަމައަށް ދެމިއޮންނާނީ ހަމަ މިގޮތުގައެވެ.
