ތިބާއަށް އެހީތެރިވުމުގެ ގޮތުން މީހުން ތިބާ ގާތު ފައިސާ ބަލާ އަންނާކަށް ނުބުނާނެއެވެ! ނަމަވެސް ﷲ ގެ އެދިވޮޑިގަތުން މުޅިން ތަފާތެވެ.!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ތިބާއަށް އެހީތެރިވުމުގެ ގޮތުން މީހުން ތިބާ ގާތު ފައިސާ ބަލާ އަންނާކަށް ނުބުނާނެއެވެ! ނަމަވެސް ﷲ ގެ އެދިވޮޑިގަތުން މުޅިން ތަފާތެވެ.!

މިއީ ﷲ ތަޢާލާގެ އަމުރުފުޅެއްކަން އަންނަނިވި އާޔަތުން އެނގިގެންދެއެވެ. ވީމާ ﷲ ތަޢާލާގެ މި އަމުރުފުޅަށް ތިމާ ކިޔަމަންތެރިވުމާއިއެކު އެހެން މީހުންނަށްވެސް އެކަމަށް ނަޞޭޙަތްތެރިވާށެވެ! ހިތްވަރުދީ ވާގިވެރިވާށެވެ! ގިނަގިނައިން ހަނދުމަ ވެސް ކޮށްދޭށެވެ! 

"ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ޙަމްދާއިއެކު ތަސްބީޙަ ވިދާޅުވާށެވެ! އަދި ފާފަފުއްސެވުން އެދިވަޑައިގެން އެކަލާނގެ ޙަޟްރަތަށް ދަންނަވާށެވެ! ހަމަކަށަވަރުން، ގިނަގިނައިން ތައުބާ ޤަބޫލު ކުރައްވާ ކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ."

(އައްނަޞްރު: 3) 

އިންސާނުންނަކީ ފާފަކުރެވޭނެ ބައެއްކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ގަދައަޅައި މަސައްކަތްކުރަންވީ ފާފަ ނުކުރާ މީހަކަށްވުމަށެވެ. ފާފަކުރެވުމާއި ފާފަ ކުރުމަކީ ހަމަ މުޅިން ދެކަމެކެވެ. 

ހިތްވަރު ލިބިގަންނަންވީ "ހަމަކަށަވަރުން، ގިނަގިނައިން ތައުބާ ޤަބޫލު ކުރައްވާ ކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ." އޮތް ވަޙީ ބަސްފުޅުންނެވެ! ފުރަތަމަވެސް މިބުނީ އެކަމުގެ ވާހަކައެވެ. ތިމާ ގާތަށް ފައިސާ ނުވަތަ އެނޫންވެސް އެއްޗެއް ބަލައިދާން ބުނުމަކީ އިންސާނުންގެ ތެރެއިން ވަރަށް މަދު މީހަކު ނޫނީ ކުރާ ކަމެއް ނޫނެވެ. އެހެނަސް ﷲ ތަޢާލާ ވަޙީކުރައްވަވާފައިމިވަނީ ތިމަން ﷲ ގެ ޙަޟްރަތުން ރަޙްމަތަށް އެދިގެން އައުމަށެވެ. ގިނަގިނައިން ތައުބާވުމަކީ އެއީއެވެ. އެނބުރި ﷲ ތަޢާލާގެ މަގަށް ރުޖޫޢަވުމެވެ. ހަމަރުޖޫޢަވާއިރަށް ފާފަތައް ފުއްސަވައިދެއްވަވާނެ ކަމެވެ. 

ކޮންމެ މީހަކުވެސް އެންމެ ގިނައިން ކުރަން އޮތް އެއް ކަމަކީ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމެވެ. ﷲ ތަޢާލާއަށް ޙަމްދުކުރުމާއިއެކު ތަސްބީޙަކިޔުން ގިނަކުރުމާއިއެކުގައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން