އާޔަތުލްކުރުސި ކިޔެވުމުމަކީ ދަގަތްފާނަށް ދަގަނޑުދަމާހެން މީހާ ސުވަރުގެއާ ދިމާއަށް ދަމާބާރެއްކަން ގިނަބައަކަށް ނޭނގެނީއެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
އާޔަތުލްކުރުސި ކިޔެވުމުމަކީ ދަގަތްފާނަށް ދަގަނޑުދަމާހެން މީހާ ސުވަރުގެއާ ދިމާއަށް ދަމާބާރެއްކަން ގިނަބައަކަށް ނޭނގެނީއެވެ!: މުފްތީ މެންކް

މިއުޅެނީއަކީ އާޔަތުލްކުރުސިއަކީ ކީރިތި ޤުރްއާނުގައިވާ އެންމެ މަތިވެރި ޢާޔަތްކަމުގެ ވާހަކަ ދައްކާކަށް ނޫނެވެ. މިވިސްނައިދެނީ އެ ޢާޔަތްކިޔެވުމުން އެމީހަކު ސުވަރުގެއާއި ދިމާއަށް ދަމައިގަންނަ ބާރުތަކެވެ. 

1 ހެނދުނާއި ހަޥީރު އާޔަތުލްކުރުސި ކިޔަވާ މީހަކަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެތެވެ. އެއިރުން ޝައިޠޯނާއަށް ކައިރިއެއް ނުވެވޭނެއެވެ. ވީމާ ކުރެވޭނީ ޙެޔޮ ޢަމަލުތަކެވެ. އެހެރަ ދެވެނީ ސުވަރުގެއާ ދިމާއަށެވެ. 

2 ދެވަނައަށް އޮތީ ކޮންމެ ނަމާދެއްގެ ފަހުގައި ކިޔެވުމެވެ. ޙަދީޘްފުޅުގައި އޮތީ ކޮންމެ ނަމާދެއްގެ ފަހުގައި އާޔަތުލްކުރުސި ކިޔާނަމަ އެމީހާ އާއި ސުވަރުގެ އާއި ދެމެދުގައި އޮތް ހުރަހަކީ މަުވުން ކަމެވެ. 

3 ވަނައީ ނިދުމުގެ ކުރިން ކިޔެވުމުން ނިދީން ހޭލެވެންދެން އެމީހެއްގެ ޙިމާޔަތުގައި މަލާއިކަތަކު ބަހައްޓަވައިދެއްވަވާނެ ކަމެވެ. ވީމާ ނިދީގައި އޮންނައިރު ޝައިޠޯނާއަށް ކައިރިއެއް ނުވެވޭނެ ހޭލެވޭނީ ތާޒާކަންމަތީގައެވެ. ﷲ ތަޢާލާގެ މަގުގައި ދުވަސްފަށާނެ ހިތްވަރާއިއެކުގައެވެ. 

ހަމައެކަނި މި 3 ކަންތަކަށް ވިސްނައިލިނަމަވެސް އާޔަތުލް ކުރުސި ކިޔަވާނަމަ އެކަން އެއީ އެމީހަކު ސުވަރުގެޢާއިދިމާއަށް ދަމައި ގެންދާނެ ވަރުގަދަ ބާރަކަށްވާނެ ކަމާއި ދުނިޔޭގައިވެސް އެތައް ގޮތަކުން އެކަމުގެ ފައިދާކުރާނެކަން އެނގިގެންދިއައީއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން