ބަންގީގެ އަޑަށް ސަމާލުކަން ނުދެވޭ މީހުން އިޞްލާޙްވާން ބޭނުން ނަމަ މޫސާގެފާނުގެ މި ބަސްފުޅަށް ސަމާލުކަން ދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ބަންގީގެ އަޑަށް ސަމާލުކަން ނުދެވޭ މީހުން އިޞްލާޙްވާން ބޭނުން ނަމަ މޫސާގެފާނުގެ މި ބަސްފުޅަށް ސަމާލުކަން ދޭށެވެ!

ބަންގީގެ އަޑު އިވުމުން މިއިވެނީ ކޮންފަރާތަކުން އަންނަ ކިހައިވަރެއްގެ މެސެޖެއްކަން ނުވިސްނޭ މީހުން އުޅެއެވެ. މިއިވެނީ ތިމާ އާއި މުޅި ކާއިނާތުގެ އަދި ޤިޔާމަތް ދުވަހުގެ ވެސް ވެރި ރައްބު ތިމާއަށް އަންގަވާ އެންގެވުންތަކެއް ކަމާއި ކުރައްވަވާ އަމުރުފުޅުތަކެއްކަން ބަލައި ނުގަނެވޭ ބައަކު އުޅެއެވެ. 

ތެދަށް ބުނާނަމަ ގިނައީވެސް އެއިގެ މީހުންނެވެ. އެހެންވީމާ އެފަދަ މީހުން ވިސްނައިލަންވީ މޫސާގެފާނުގެ މި ބަސްފުޅަށެވެ! "--- އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ޙަޟްރަތަށް އައުމަށް ތިމަންއަޅާ އަވަސްވެގަތީ، އިބަރަސްކަލާނގެ (މިއަޅާއަށް) ރުއްސެވުން އިތުރުވުމަށްޓަކައެވެ." (ޠާހާ: 84) 

"އެކަލޭގެފާނު ދެންނެވިއެވެ. އެއުރެން މިއަޅާގެ ފަހަތުން އެބައާދެތެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ޙަޟްރަތަށް އައުމަށް ތިމަންއަޅާ އަވަސްވެގަތީ، އިބަރަސްކަލާނގެ (މިއަޅާއަށް) ރުއްސެވުން އިތުރުވުމަށްޓަކައެވެ." (ޠާހާ: 84) 

މި ދެއްކެނީ މޫސާގެފާނުގެ ވާހަކައެވެ. ﷲ ތަޢާލާ އެބޭކަލަކާއި ސީދާގޮތުގައި އެންމެ ގިނައިން ބަސްވަޙީކުރެއްވެވި އިންސާނާގެ ވާހަކައެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެހައިމެ މަތިވެރި ބޭކަލެއްގެ ވާހަކައެވެ. އެބޭކަލަކަށްޓަކައި ފޮތެއް (ތައުރާތު) ބާވައިލެއްވެވުނު ބޭކަލެއްގެ ވާހަކައެވެ. 

މިބަޔާންކުރި ފަދަ ހުރިހައި މަތިވެރިކަމަކާއިއެކުވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރުކުރެއްވެވުމުގެ ޝައުޤުވެރިކަން ބޮޑުކަމުން ޤައުމުގެ އެހެން މީހުންނަށްވުރެ މާކުރިން އެވަޑައިގަތީއެވެ. 

އެހެންކަމަށްވާއިރު ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެދިގެން މަސައްކަތްކުރާ، އަހަރެމެން މިތިބަ ދެރަ ނިކަމެތި އިންސާނުން އެކަމަށް އަވަސްވެގަންނަން ޖެހޭނެ މިންވަރު ހިތަށް ގެންނާށެވެ! ނަމާދަށް ގޮވާ އަޑު އިވުމުން އެ ގޮވައިލެވެނީ ފަލާޙް ލިބިގަތުމަށް އަވަހަށް މިސްކިތަށް ދިއުމަށްކަން ވަރަށް ސާފުކޮށް އެނގިގެންދެއެވެ. އަދި ގޮވައިލެވެނީ ފަށަމުން ވެސް ބުނި ފަދައިން ﷲ ތަޢާލާގެ އަމުރުފުޅަށްކަންވެސް އެނގިގެންދެއެވެ. ވީއިރު އެކަމަށް އަވަސްވެ ނުގަނެ ލިބެން އޮންނާނީ ކޮން ހެޔޮކަމެއް ހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން