އަމިއްލައަށް ބީރުވެ މަންމަނުންކަމަށް ހެދިގެންތިބި ހިތަށް އެއްވެސް އަސަރެއް ނުކުރާ މުސްލިމް ވެރިންގެ ހިތުގަ ﷲ އަށް ބިރުވެތިކަމެއް ނެތި ޤިޔާމަތްދުވަހު ހަދާނީ ކިހިނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އަމިއްލައަށް ބީރުވެ މަންމަނުންކަމަށް ހެދިގެންތިބި ހިތަށް އެއްވެސް އަސަރެއް ނުކުރާ މުސްލިމް ވެރިންގެ ހިތުގަ ﷲ އަށް ބިރުވެތިކަމެއް ނެތި ޤިޔާމަތްދުވަހު ހަދާނީ ކިހިނެއް؟

އިސްލާމީ ތާރީޚަށް ބަލައިފިނަމަ މުސްލިމުންނަށް ހިޖުރަކުރަންޖެހުނީ މުސްލިމުންގެ އަދަދު މަދުވެ ބަލިކަށިވެ ނިކަމެތިވީމައެވެ. ނަމަވެސް މުސްލިމުންނަށް ހިޖުރަކުރަންޖެހެމުން މިދަނީ މުޅިން ތަފާތު ސަބަބުތައް މެދުވެރިވެގެންނެވެ. އެންމެ ގިނަބައަކަށް ހިޖުރަކުރަން ޖެހެނީ ޤައުމުވެރިކަން ނުބައިވެ ޚުދުމުޚުތާރުވުމުން އުފެދޭ ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުންނެވެ. ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން ޤައުމުގައި ފެށޭ ދާޚީލީ ހަނގުރާމަތަކުގެ ސަބަބުންނެވެ!

ފިރުއަޢުނުގެ އަނިޔާވެރިކަމުން ސަލާމަތްކަން ހޯއްދެވުމަށްޓަކައި މޫސާގެފާނަށް ތަބަޢަވީ މީހުންނާއިއެކު ޤައުމުން ބޭރުވެވަޑައިގަތުމަށް ﷲ ތަޢާލާ އެންގެވިއެވެ. މައްކާއިން ބޭރުވެ ހިޖުރަ ކުރުމަށް މުސްލިމުންނަށް ﷲ ތަޢާލާ އެންގެވިއެވެ. އެއީ އެއިރު މުސްލިމުންގެ ޢަދަދުމަދުކަމުންނެވެ.

މުސްލިމުންނަށް މެޖޯރިޓީ ގެއްލިފައިވާ ޤައުމުތަކުގައި އަނިޔާވެރިންގެ ޑިޓެންޝަން ކޭމްޕުތަކުގައި ތިބެ މަރުވެ ދިއުމަށްވުރެ އެކަމުން ސަލާމަތްވުމަށާއި އެހެން މުސްލިމުން އެ ޙާލަތުން ސަލާމަތްކުރުމަށް ކުރެވެން ހުރި ކަންކަން ކުރުމުގެ މުހިންމުކަން ކިތަންމެ ބޮޑު ނަމަވެސް އެކަންކަމުގެ ވާހަކަވެސް ދައްކައިއުޅޭ އަޑެއް މުސްލިމްވެރިންގެ ކިބައއަކުންނުއިވެއެވެ.

ލުބުވެތި މުސްލިމުންނޭވެ! ދުނިޔޭގެ ކަންކޮޅުތަކުގައި އަނިޔާލިބެމުންދާ އެތައް މިލިއަން މުސްލިމުންނަށްޓަކައި ހެޔޮދުޢާކުރާށެވެ!

ހިތާމައަކީ ގަދަބާރުން މުސްލިމުން އެމީހުންގެ ދީނުން ބޭރުކުރަމުން ގެންދާއިރުވެސް މުސްލިމުންގެ ލީޑަރުންގެ ހިތަށް އެއްވެސް އަސަރެއް ނުކުރާ ކަމެވެ! ސުވާލަކީ މުސްލިމުންގެ ވެރިންގެ ގޮތުގައި މިއަދު ދެލޮލަށް ފެންނަ އެހެނަސް ދެލޯކަނު، ކަންފަތަށް އަޑު އިވުނު ނަމަވެސް ބީރު، ހިތެއް އޮތް ނަމަވެސް އަސަރެއް ނުކުރާ ވެރިން ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާނީ ކީކޭހެއްޔެވެ؟

މުސްލިމުންނަށް އިންތިހާއަށް އަނިޔާވެރިވަމުން ގެންދާ ޤައުމުތަކާއި ދެކޮޅަށް ހަނގުރާމައެއް ކުރަން ނުކެރޭތަނުގައި އެންމެ ކުޑަމިނުން ވިޔަފާރީގެ ގުޅުން ކަނޑައިލަންވެސް އެތިބީ ނުކެރިފައެވެ. ނުކުޅެދިފައެވެ! ވެރިކަމުގެ ހައިބަތަށް ދަހިވެވެތިވެ އަމިއްލަ އެދުންތަކުން ފުރިގެން ތިބުމުންނެވެ!

 

މިއަދު އޮންލައިން