ޢިބްރަތް ޙާޞިލުކުރޭ! ކޮންމެ އަހަރަކު އެތައް މިލިއަން ކައިވެނިތަކެއް ރޫޅިގެން އެދަނީ ސިއްރުކުރަންޖެހޭ ކަންކަން ސިއްރުގެ ގޮތުގައި ނުހިފެހެއްޓޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޢިބްރަތް ޙާޞިލުކުރޭ! ކޮންމެ އަހަރަކު އެތައް މިލިއަން ކައިވެނިތަކެއް ރޫޅިގެން އެދަނީ ސިއްރުކުރަންޖެހޭ ކަންކަން ސިއްރުގެ ގޮތުގައި ނުހިފެހެއްޓޭތީ!

 

ތިމާ ހިފަހައްޓަން ޖެހޭ ސިއްރެއް އެންމެ ގާތް އެކުވެރިޔާގެ ގާތުގައި ބުނުމަކީވެސް ތެޔޮނާށި ޖަހައިގަންނަން ފުރުޞަތު ލިބޭ ކަމެކެވެ! ކޮންމެ އަހަރަކު އެތައް މިލިއަން ކައިވެނިތަކެއް ރޫޅިގެން އެދަނީ ހަމަ ސިއްރުކުރަންޖެހޭ ކަންކަން ސިއްރުގެ ގޮތުގައި ނުހިފެހެއްޓިގެންނެވެ!

ސިއްރު ސިއްރުގެ ގޮތުގަ ހިފެހެއްޓުމަކީ ސިކުނޑިއަށް އެންމެ އަރާމު ގޮތެވެ! ސިއްރު ސިއްރެއްގެ ގޮތުގައި ހިފަހައްޓާ ނަމަ ބޭޒާރުވެދާނެތީ ބިރުގަންނާކަށް ނުޖެހޭނެއެވެ! އެކަމާއިމެދު އެއްވެސް ވަރަކަށް ވިސްނާކަށްވެސް ނުޖެހޭނެއެވެ.

ކިތަންމެ އެކުވެރިކަމުގައި އުޅުނު ނަމަވެސް އެއްވެސް މީހެއްގެ ހިތެއް ނުއެނގޭނެއެވެ. ކިތަންމެ އެކުވެރި ނަމަވެސް ގިނަވާނީ ހަމަ ފުރުޞަތަކަށް ބަލަބަލައި ތިބޭ މީހުންނެވެ! ވީމާ އޮތް އެންމެ ރަނގަޅު ގޮތަކީ ފުރުޞަތު ނުދިނުމެވެ. މާނައަކީ ދިރިއުޅުމާއި ގުޅިފައިވާ މުހިންމު ސިއްރުތައް އެންމެ ބާރުމިނުގައި ހިފެހެއްޓުމެވެ. ހަމަ އެކަކާއިވެސް ޙިއްޞާ ނުކުރުމެވެ.

މިހެން ބުނުމުން ބައެއް މީހުން ކުޑަކޮށް ހިތް ހަމަވެސް ނުޖެހިދާނެއެވެ. ނަމަވެސް މިއަދު ހަޤީޤަތަކީ އަމިއްލަ ޢާއިލާއަށްވެސް އިތުބާރުކުރެވެން ނެތްކަމެވެ. ހަމަ ފުރުޞަތަށް ބަލަބަލައި ތިބޭ ކަމެވެ. އެއްބަނޑު އެއްބަފާ ކޮއްކޮ ތިމާގެ ފިރިމީހާ ޖަހައިގަންނަކަން މިކަމުގެ ހެއްކަކަށް ނުފުދޭ ހެއްޔެވެ؟ ނިކަން ބުނެބަލާށެވެ! އިތުބާރުކުރެވޭނީ ކާކަށް ހެއްޔެވެ؟

މިކަންކަމަކީ މިއަދު ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަންކަމެވެ. ޢާއިލީ ދިރިއުޅުން ސަލާމަތް ކުރުމަށްޓަކައި މަސައްކަތް ކުރުމަކީ ހަމަ އެމީހެއްގެ މަސްއޫލިއްޔަތެކެވެ. އެކަން ކޮށްދޭނެ ބައަކު ދުރަކުން ނުއަންނާނެއެވެ. އެކަމަށް ވިސްނަންޖެހޭ މީހަކީ ހަމަ ތިމާއެވެ!

މިއަދު އޮންލައިން