ހަރުކަށިކަން އިސްކޮށްގެން، އިންސާނުގެ ހިތްތައް ފަތަޙަވާނެކަމަށް ހީކުރުމަކީ ހިޔަންޏަށް މުޑިނެގުންފަދަ ކަމަކަށް ނޫނީ ނުވާނެ!: ޝައިޚް ޙަސަން ލަޠީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ހަރުކަށިކަން އިސްކޮށްގެން، އިންސާނުގެ ހިތްތައް ފަތަޙަވާނެކަމަށް ހީކުރުމަކީ ހިޔަންޏަށް މުޑިނެގުންފަދަ ކަމަކަށް ނޫނީ ނުވާނެ!: ޝައިޚް ޙަސަން ލަޠީފް

"ހަރުކަށިކަން އިސްކޮށްގެން، އިންސާނުގެ ހިތްތައް ފަތަޙަވާނެކަމަށް ހީކުރުމަކީ ހިޔަންޏަށް މުޑިނެގުންފަދަ ކަމަކަށް ނޫނީ ނުވާނެއެވެ. 

މާތް ނަބިއްޔާ صلى الله عليه وسلم އާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ:

"ހިތްޕުޅު ހަރުކަށި، ޚުލްޤު ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނު ވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ."

- ޝައިޚް ޙަސަން ލަޠީފް މުސާ

ޝައިޚް ޙަސަން ލަޠީފް މިމޭރުމުން ވިދާޅުވެފައިވާއިރު ބައެއް ޝައިޚުންނާއި މިއަދުގެ ސަރުކާރު މާނަކުރާ ގޮތުގައި ޚުލްޤް ރަނގަޅު މީހަކުކަމުގައި ވުމަށްޓަކައި ޝިރުކުގެ އަމަލުތައް ފައުޅުގައި ކުރާއިރުވެސް ކުޅިބަލައި އަތްޖަހަންތިބެންވީއެވެ. ގޭގައި ތިއްބާ އައިސް ގޭގައި ހުޅުޖެހިނަމަވެސް ގެއިން ނުކުންނަން މަސައްކަތްކޮށްގެން ނުވާނެއެވެ. ޖެހޭނީ ކެތްތެރިވެގެން ގޭތެރޭގައި ތިބޭށެވެ.

މިއަދު އޮންލައިން