ޢީދު ކަމުގައިވިޔަސް ހެދުން ލުމުގައި ސަމާލުކަން ދިނުމަށް ޑރ. އިޔާޟް އިލްތިމާސްކުރައްވައިފިއެވެ.
"ކޮންސްޓްރަކްޝަން ސައިޓްތަކަށް ވަންނައިރު ނުވަތަ ބުރިޖް މައްޗަށް ސައިކަލުގައި އަރާއިރު ސަލާމަތީ ސަބަބަށްޓަކައި ބޮލުގައި ހެލްމެޓް އަޅާފަދައިން ނަރަކައިގެ އަލިފާނުން ސަލާމަތްވުމަށްޓަކައި ޢައުރަނިވާކުރަންޖެހެއެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
އަޢުރަ ނިވާކުރަން ބުނެވޭ ބުނުން އަމާޒުވަނީ ހަމައެކަނި އަންހެނުންނަކަށް ނޫނެވެ. ފިރިހެނުންނަށްވެސް އަޢުރަނިވާކުރަންޖެހެއެވެ. ޢީދުކުޅިވަރު ނުވަތަ އެނޫންވެސް ކުޅިވަރުތައް ކުޅެން ސޯޓުކޮޅުތައް ލައިގެން އުޅުން ހުއްދަވެގެނެއް ނުވެއެވެ. ފިރިހެނާގެ އަޢުރައަކީ ފޫޅާއި ކަކުލާއި ދެމެދެވެ. ކުޅިވަރެއް ކުޅެން ނަމަވެސް އެހެންކަމެއް ކުރަން ނަމަވެސް އެމިންގަނޑަށް ބަދަލެއް ނުގެނެވޭނެއެވެ!