ސުވާލު:. ޤުރްއާން ބައިބަޔަށް ވަކިވަކިން ބާއްވާލައްވާފައިވާއިރު މުޞްޙަފުގައިވާ ތަރުތީބުން ސޫރަތްތައް ތަރުތީބު ކުރުމުގެ ޙިކުމަތަކީ ކޮބައިތޯ؟
ޖަވާބު:. މުޞްޙަފުގައިވާ ތަރުތީބަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އަމުރުފުޅަށް ޖިބްރީލް ޢަލައިހިއްސަލާމް ކީރިތި ރަސޫލާﷲ ﷺ އަށް އަންގަވާ ފައިވާ ތަރުތީބެކެވެ. އެހެންވީމާ ކޮންމެ އަހަރެއްގެވެސް ޖިބްރީލް ޢަލައިހިއްސަލާމް ރަމަޟާން މަހު ކީރިތި ރަސޫލާﷲ ﷺ ގެ އަރިހަށް ވަޑައިގަންނަވައެވެ. ވަޑއިގެން އެކަލޭގެފާނަށް ޤުރްއާން ކިޔަވާ ދެއްވާ އެގޮތަށް ކިޔަވާދެއްވާ އިރުގާ މިވެނި އާޔަތެއް މިވެނި ސޫރަތެއްގެ މިވެނި ތަނަކަށް ލުމަށް އެގޮތަށް އަމުރު ކުރައްވަމުން ގެންދަވައެވެ.
އެހެންވީމާ، ސޫރަތްތައް ތަރުތީބު ކުރެވިފައިވާވުން އަދި އާޔަތްތައް ތަރުތީބު ކުރެވިފައިވާ ވުން އެއީ ސީދާ ﷲ ތަޢާލާގެ އަމުރުފުޅަށް ކީރިތި ރަސޫލާ ﷺ ކުރައްވާފައިވާ ކަމެކެވެ.
- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް