ހެނދުނު ހޭލެވުމަށްފަހު ޢަޒުމް ކަނޑައަޅަންވީ އައު މަންޒަރެއް ކުރެހުމަށެވެ. އެމަންޒަރުގައި އިއްޔެ އާއި ހަމައަށް ކުރެވުނު އެއްވެސް ކުށެއް ނުހިމަނައި ސާފު އައު މަންޒަރަކަށް ހެދުމަށެވެ! ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް މިއަދުގެ މަންޒަރުގައި ނުހިމެނުމަށެވެ. ހިތާއި ނަފުސް ޤުރްބާންކޮށް ޖިހާދުކުރަންވީ ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ އެއްވެސް ކަމެއް ނުކުރުމަށެވެ!
މާޒީއަކީ މިއަދުގެ މޫނުބަލާ ލޯގަނޑުކަމަށް ހެދުމަކީ މާޒީގައި ކުރެވުނު އެއްވެސް ކުށެއް އިތުރަށް ތަކުރާރު ނުކުރުމެވެ. ދެރައީ ކުށެއް ކުރެވިފައި އޮތުމެއް ނޫނެވެ. ދެރައީ ކުށް ތަކުރާރުކުރެވޭނަމައެވެ.
އެ ނިޔަތުގައި މަސައްކަތް ކުރާ މީހާއަށް އެކަމަށް ﷲ ތަޢާލާ މަގުފަހިކޮށްދެއްވަވާނެތެވެ! އިންޝާ ﷲ. ވީމާ އަހަރެމެންނަށް އޮތީ ގަދަ އަޅައި މަސައްކަތްކުރުމެވެ.
--މުފްތީ މެންކުގެ ދަރުސަކުން