ވީޑިއޯ: މަރުވުމުން ކަދުރު ގުދަނެއް ޞަދަޤާތްކުރުމުން ދެއްވަވާނެ ޘަވާބަށްވުރެ ދުނިޔޭގަ ހުރެ ކުނި ކަދުރުއޮށެއް ޞަދަޤާތްކުރިނަމަ ދެއްވަވާނެ ޘަވާބު މާގިނަވާނެ: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ވީޑިއޯ: މަރުވުމުން ކަދުރު ގުދަނެއް ޞަދަޤާތްކުރުމުން ދެއްވަވާނެ ޘަވާބަށްވުރެ ދުނިޔޭގަ ހުރެ ކުނި ކަދުރުއޮށެއް ޞަދަޤާތްކުރިނަމަ ދެއްވަވާނެ ޘަވާބު މާގިނަވާނެ: ޙަދީޘް

ރަސޫލް ގެ ޒަމާނުގައި އުޅުއްވި ބޭކަލަކު އަވަހާރަވަމުން ވަޞިއްޔަތްކުރައްވާފައިވަނީ އޭނާ އަވަހާރަވުމުން އޭނާގެ ގުދަނުގައި ހުރި ހުރިހާ ކަދުރު މަދީނާގެ ފަޤީރުންނަށް ބައްވަވައިދެއްވުމަށެވެ. 

ރަސޫލް ޞަޙާބީންނާއިއެކު ވަޑައިގެން އެގުދަނުގައި ހުރި ހުރިހާ ކަދުރު ނެރުއްވައި ބައްސަވައިދެއްވެވިއެވެ. އަދި އެކަން ނިމުމުން ރަސޫލް ގުދަންތެރެއަށް ވަދެވަޑައިގަތުމުން ހަލާކުވެފައި އޮތް ކާން ކަމުވެސްނުދާވަރުގެ ކަދުރުއޮށެއް ފެނިވަޑައިގަތުމުން ޙަދީޘްފުޅު ކުރެއްވެވިއެވެ.

"އޭނާ ދުނިޔޭގައި މި (ކުނި) ކަދުރު އޮށް ޞަދަޤާތްކުރިނަމަވެސް އޭނާ މަރުވުމަށްފަހު މުޅި މި ކަދުރުގުނަުގައި ހުރި ހުރިހާ ކަދުރު ޞަދަޤާތްކުރުމުން ލިބޭނެ ވަރަށްވުރެ މާގިނަ ޘަވާބު ލިބުނީހެވެ!"

ޙާޞިލްކުރަންޖެހޭ ޢިބްރަތަކީ އޭނާގެ ތަކެތީގެ މައްޗަށް ހުރިހާ ބާރުތަކެއް ލިބިގެންވަނީ އެމީހާ ދުނިޔޭގައި ހުންނައިރުގައި ކަމެވެ. އަދި ތަނަވސްކަން ދެއްވަވަނީ ﷲ ކަމާއި އަހަރެމެން ބަހަން މިޖެހެނީ ﷲ ޙަވާލުކުރެއްވެވި އަމާނާތް ކަމެވެ. 

ތަނަވަސްކަން ލިބެނީ ﷲ ދެއްވެވުމުންނެވެ. އެއީ އަމިއްލަމޮޅުކަމުން ލިބުނު އެއްޗެއްކަމަށް ޤަބޫލުކުރާނަމަ އެއީ ޤާރޫނުގެ ވިސްނުމެވެ. ދެން އޮތީ ތަނަވސްކަން ލިބުނީ އެމީހާކުރި ބުރަ މަސައްކަތުންކަމަށް ޤަބޫލުކުރުމެވެ. އެހެންކަމަށްވާނަމަ ބުރަކޮށް މަސައްކަތްކުރާ އެންމެންނަށް ނުދެއްވަވަނީ ކީއްވެގެން ހެއްޔެވެ؟ 

ގުޅުންހުރި ވީޑިއޯ:

 

މިއަދު އޮންލައިން