ސުވާލު:. ފިރިމީހާ އަނބިމީހާއާ ދިމާލަށް ހިތްހަމަ ނުޖެހިގެން ރުޅިއަރައިގެން މިބުނަނީ ތިހިރީ ތިންފަށް ވަރިޔަކުން ވަރިކޮށްފައޭ އެކަމަކު އެއީ ދެމީހުންގެ ފުރަތަމަ ވަރި އެހެންކަމަށްވާނަމަ އެއަންހެންމީހާ ތިންފަށް ވީތޯއޭ؟ އަންހެންމީހާ އެހެން މީހަކާ ކާވެނި ކޮށްފަތޯއޭ އެފިރިހެންމީހާޔާ ކާވެނި ކުރެވޭނީ؟
ޖަވާބު:. އެއްފަހަރަކާ ތިންފަށް ވަރިޔަކުން ވަރިޔެއް ނުކުރެވޭނެ، ތަންކޮޅެއްކުރިން އިސްލާމްދީން އައިތާ ކުރީކޮޅުގަ ތިންފަށް ވަރިޔަކުން ވަރިކޮށްފަ ވަނީނަމަ ތިންފަށްވާ ގޮތަށް އޮތް. އެހެންނަމަވެސް ފަހުން އެކަން ރޫޅިގެން ގޮސްފަ. މާނަޔަކީ ކޮންމެ ފަހަރަކު ވަރިކުރެވޭނީ އެއްފަހަރު. އެއީ އަދި ތިންފަށް ވަރިޔަކުން ވަރިކޮށްފީމޭ ބުނިނަމަވެސް ވަރި ވާނީ އެންމެ ފަހަރަކު އެހެންވީމާ، މިފަދަ ޙާލަތުގާ އެއީ ފުރަތަމަ ވަރިކަމަށް ވަނީނަމަ ރުޖޫޢަ ކުރުމުގެ ފުރްޞަތު ދެމަފިރިންނަށްވެސް އެބައޮތް ދެމަފިރިން ހަމަ ރުހިގެން ފިރިމީހާ ބޭނުން ވެއްޖެ ހިނދެއްގައި ކާވެނި ރުޖޫޢަކުރުމުގެ ފުރްޞަތު އޭނާޔަށްއެބައޮތް. އެއީ ޢިއްދާގެ ތެރޭގާ ޢިއްދާ ނިމުމުގެ ކުރިން ރުޖޫޢަ ކުރަންބޭނުންވެއްޖެކަމަށް ވަނީނަމަ ރުޖޫޢަ ކުރެވިދާނެ.
- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް