ލޫޅާފަތިވެލައި ރީތިވެލުމުގެ އިތުރުން ދުޅަހެޔޮކަން ކާމިޔާބުކޮށްލަމާ!: އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ލޫޅާފަތިވެލައި ރީތިވެލުމުގެ އިތުރުން ދުޅަހެޔޮކަން ކާމިޔާބުކޮށްލަމާ!: އިން ޝާ ﷲ

ކަސްރަތުކުރުމުގައިވެސް ތަރުތީބު އޮޅުވާނުލަމާނ ހިނގާށެވެ!

" އަދި ހެނދުނާއި، ހަވީރު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްފުޅު ހަނދުމަކުރައްވާށެވެ!" (އަލް އިންސާން: 25)

ވަރަށް ގިނަ ބައަކު ހެނދުނާއި ހަވީރު ކަސްރަތުކުރެއެވެ. ކަސްރަތުކުރުމަކީ ޞިއްހީ ދުޅަހެޔޮ ކަމަށް އޮތް އެންމެ ފަސޭހަ މަގެވެ. އަދި ކަސްރަތުކުރުމަކީ ކޮންމެހެން ކުރަން ވެސް ޖެހޭ ކަމެކެވެ. ޞިއްޙީ ދުޅަހެޔޮ ކަމަށް މަސައްކަތް ކުރުމަކީ އިސްލާމް ދީން ބާރުއަޅާ ކަމެކެވެ. ވީމާ ރަނގަޅު ގޮތުގައި ކަސްރަތު ކުރުމަކީވެސް ހަމަ ކުރަންޖެހޭ ހެޔޮ ކަމެއްވެސް މެއެވެ.

އެހެންކަމާއިއެކުވެސް ފުރަތަމަ ކަމެއްގެ ގޮތުން މިއާޔަތަށް އަމަލުކުރާށެވެ! ފަތިހު ވެސް އަދި ހަވީރުވެސް ކަސްރަތުކުރަންވާނީ ފަތިސް ނަމާދަށާއި މަޣްރިބް ނަމާދަށް ރައްކައުތެރިވުމާއިއެކުގައެވެ. ކަސްރަތުކުރަން ފަށަންވީ ނަމާދު ނިންމައި ސަލާމް ދޭ ގޮތަކަށް ނޫނެވެ. މި އާޔަތުގައިވާ ފަދައިން ﷲ ތަޢާލާ ޙަނދުމަކުރަން ވަގުތުކޮޅެއް ހޭދަކުރުމަށްފަހުގައެވެ. ޛިކްރު ކުރުމަށް ވަގުތު ހޭދަކުރުމާއިއެކުގައެވެ.

އަބަދުވެސް ބުނާފަދައިން ކިތަންމެ ވަރަކަށް ކަސްރަތުކުރި ނަމަވެސް ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑި ޙާޞިލުކުރޭނީ އެކަމެއް ﷲ ތަޢާލާ ހިންމަވައި ދެއްވެވުމުންނެވެ. އެއީ ޞިއްހީ ދުޅަހެޔޮކަން ނަމަވެސް އަދި މޮޅު އެތްލީޓަކަށްވުން ނަމަވެސް މެއެވެ. އަދި އެހެންކަމެއް ނަމަވެސް މެއެވެ.

ފަތިސް ނަމާދުން ފެށިގެން އިރުއެރުމާއި ދެމެދު އެއީ ވަރަށް ޚާއްޞަ ވަގުތުކޮޅެކެވެ. އެވަގުތުކޮޅުގެ ފައިދާ ނަގައިނުލާށެވެ! އެ ވަގުތުކޮޅަށް ރައްކައުތެރިވެ ވީހައި ގިނައިން ޚިކްރުކުރާށެވެ! އެވަގުތުކޮޅު ޛިކްރުކުރުމަށް ހޭދަކުރި ނަމަވެސް ކަސްރަތުކުރާނެ ވަގުތު އެކަން ކުރަން ބޭނުންވާ މީހާއަށް ލިބޭނެއެވެ.

ﷲ ތަޢާލާގެ އެންގެވުމަށް އިސްކަން ދޭށެވެ! އެއަށްފަހު ދެން ކުރަން ހުރި ކަންކަން ކުރާށެވެ! އަބަދުވެސް މަދުވެގެން ހިތާމަކުރަން ޖެހޭނީ ކުރެވުނު އަޅުކަންކަމާއިމެދު ވިސްނާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން