ޖީބު ފަޤީރަސް ﷲ ދެކެ ލޯބިން ހިތް ފުރިފައި ތިބުމުން އެއްވެސް ކަމަކާ ކަންބޮޑުނުވާ ދެމަފިރިއެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
ޖީބު ފަޤީރަސް ﷲ ދެކެ ލޯބިން ހިތް ފުރިފައި ތިބުމުން އެއްވެސް ކަމަކާ ކަންބޮޑުނުވާ ދެމަފިރިއެއްގެ ވާހަކަ!

މީހަކު ދިން ދައުވަތަކަށް ގެއަކަށް ދިއައިރު އެއީ ވަރަށް އާދައިގެ ކުޑަކުޑަ ގެއެކެވެ. ކުޑަކުޑަކޮޓަރިއަކާއި ކުޑަކުޑަ ސިޓިންގރޫމެކެވެ.

އެއީ ވަރަށް ފަޤީރު ދެމަފިރިންކަން އެނގުނެވެ. ކޮޓަރީގައި ހުރި ފަރުނީޗަރަށް ބަލައިލިއިރު އެމީހުންގެ އަލާމާރީގެ ދޮރުފަތުގެ ބިއްލޫރިގަނޑު ހުރީ ތެޅިފައެވެ. ސުވާލުކުރުމުން ފުރަތަމަ އުޅުނީ ވީ ގޮތް ނުބުނާށެވެ! ނަމަވެސް ތަކުރާރުކޮށް ސުވާލުކުރީމެވެ. އެއީ ފަހަރެއްގައިވެސް އެއީ ދެމަފިރިންގެ މެދުގައި ހިނގި ރުޅިވެރިކަމުގެ އަމަލަކުން ވެފައިވާ ކަމެއް ނަމަ ނަޞޭޙަތްތެރިވުމުގެ ބޭނުމުގައެވެ. އެއީ ކުރަން ޖެހޭނެ ކަމަކަށްވާތީއެވެ.

އެކަން މެދުވެރިވި ގޮތް ކިޔައިދެމުން ބުނީ އެދެމަފިރިންނަކީ ޤަވާއިދުން ދަމުނަމާދުކުރާ ދެމަފިރިން ކަމަށެވެ. ނިދަން ބެލިއިރު އަލާމާރީގައި ސޯނާގަޑި ހުރެފައި ސޯނާކުރަން ގަޑި ނަގަން ހޯދަހޯދައިވެސް ތަޅުދަނޑި ނުފެނުމުން ކޮންމެ ގޮތަކުން ނަމަވެސް ގަޑި ސޯނާކޮށް ދަމުނަމާދަށް ހޭލަން ބޭނުންވާތީ ގަޑިނަގަން ބިއްލޫރި ގަނޑު ތަޅައިލީ ކަމަށެވެ.

އަތްމަތި ދަތިކަމުން ބިއްލޫރިގަނޑު ވެސް އެތިބީ ބަދަލުކޮށް ނުލެވިފައެވެ. ނަމަވެސް ވިސްނައިލާށެވެ! މިތިބީވެސް ހަމަ މުސްލިމުންނެވެ. އެމީހުންގެ ޖީބު ކިތަންމެ ފަޤީރު ނަމަވެސް ހިތް ކިހައި މުއްސަނދި ހެއްޔެވެ؟ އުމުރު ދުވަހު މަސައްކަތްކޮށްގެން ހޯދުނު އަލަމާރިއަށްވުރެ މުހިންމުވީ ދަމުނަމާދެވެ! އެކަމަށްޓަކައި އަލަމާރި ހަލާކުކޮށްލަން އެމިހުން ފަހެއް ނުޖެހުނެވެ!

މިހައި ވަރުގަދަ އީމާން ކަމަކާއި ލޯތްބެއް އެދެމަފިރިންގެ ހިތުގައި ﷲ ތަޢާލާއަށް އެއޮތް ސަބަބަކީ ދެމަފިރިން އެކުގައި ދަމުނަމާދުކުރުން ކަމުގައި ވެދާނެކަމާއިމެދު ވިސްނައިލުން ކީއްހެއްޔެވެ؟

--މިއީ --މުފްތީ ޙުސައިން ކަމާނިގެ ދަރުސެއް އަޞްލެއް ކަމަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ. ދެމަފިރިން ކިތަންމ ފަޤީރު ނަމަވެސް ﷲ ދެކެ ލޯބިން ހިތް ފުރިފައިވާ ދެމަފިރިއެއްގެ ވާހަކަ! ޢަބްދުއްލަޠީފް މީހަކު ދިން ދައުވަތަކަށް ގެއަކަށް ދިއައިރު އެއީ ވަރަށް އާދައިގެ ކުޑަކުޑަ ގެއެކެވެ. ކުޑަކުޑަކޮޓަރިއަކާއި ކުޑަކުޑަ ސިޓިންގރޫމެކެވެ.

އެއީ ވަރަށް ފަޤީރު ދެމަފިރިންކަން އެނގުނެވެ. ކޮޓަރީގައި ހުރި ފަރުނީޗަރަށް ބަލައިލިއިރު އެމީހުންގެ އަލާމާރީގެ ދޮރުފަތުގެ ބިއްލޫރިގަނޑު ހުރީ ތެޅިފައެވެ. ސުވާލުކުރުމުން ފުރަތަމަ އުޅުނީ ވީ ގޮތް ނުބުނާށެވެ! ނަމަވެސް ތަކުރާރުކޮށް ސުވާލުކުރީމެވެ. އެއީ ފަހަރެއްގައިވެސް އެއީ ދެމަފިރިންގެ މެދުގައި ހިނގި ރުޅިވެރިކަމުގެ އަމަލަކުން ވެފައިވާ ކަމެއް ނަމަ ނަޞޭޙަތްތެރިވުމުގެ ބޭނުމުގައެވެ. އެއީ ކުރަން ޖެހޭނެ ކަމަކަށްވާތީއެވެ.

އެކަން މެދުވެރިވި ގޮތް ކިޔައިދެމުން ބުނީ އެދެމަފިރިންނަކީ ޤަވާއިދުން ދަމުނަމާދުކުރާ ދެމަފިރިން ކަމަށެވެ. ނިދަން ބެލިއިރު އަލާމާރީގައި ސޯނާގަޑި ހުރެފައި ސޯނާކުރަން ގަޑި ނަގަން ހޯދަހޯދައިވެސް ތަޅުދަނޑި ނުފެނުމުން ކޮންމެ ގޮތަކުން ނަމަވެސް ގަޑި ސޯނާކޮށް ދަމުނަމާދަށް ހޭލަން ބޭނުންވާތީ ގަޑިނަގަން ބިއްލޫރި ގަނޑު ތަޅައިލީ ކަމަށެވެ. އަތްމަތި ދަތިކަމުން ބިއްލޫރިގަނޑު ވެސް އެތިބީ ބަދަލުކޮށް ނުލެވިފައެވެ. ނަމަވެސް ވިސްނައިލާށެވެ!

މިތިބީވެސް ހަމަ މުސްލިމުންނެވެ. އެމީހުންގެ ޖީބު ކިތަންމެ ފަޤީރު ނަމަވެސް ހިތް ކިހައި މުއްސަނދި ހެއްޔެވެ؟ އުމުރު ދުވަހު މަސައްކަތްކޮށްގެން ހޯދުނު އަލަމާރިއަށްވުރެ މުހިންމުވީ ދަމުނަމާދެވެ! އެކަމަށްޓަކައި އަލަމާރި ހަލާކުކޮށްލަން އެމިހުން ފަހެއް ނުޖެހުނެވެ! މިހައި ވަރުގަދަ އީމާން ކަމަކާއި ލޯތްބެއް އެދެމަފިރިންގެ ހިތުގައި ﷲ ތަޢާލާއަށް އެއޮތް ސަބަބަކީ ދެމަފިރިން އެކުގައި ދަމުނަމާދުކުރުން ކަމުގައި ވެދާނެކަމާއިމެދު ވިސްނައިލުން ކީއްހެއްޔެވެ؟

--މިއީ --މުފްތީ ޙުސައިން ކަމާނިގެ ދަރުސެއް އަޞްލެއް ކަމަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

މިއަދު އޮންލައިން