ކުރާހިތުން ކިތަންމެ ކުޑަ ހެޔޮ އަމަލެއް ކުރި ނަމަވެސް އެނބުރި އައިސް މާބޮޑު އުފާވެރިކަން ދޭނެއެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކުރާހިތުން ކިތަންމެ ކުޑަ ހެޔޮ އަމަލެއް ކުރި ނަމަވެސް އެނބުރި އައިސް މާބޮޑު އުފާވެރިކަން ދޭނެއެވެ!: މުފްތީ މެންކް

ވަރަށް ގިނަބައަކު ކުޑަކުޑަ ކަމެއް ކަމަށް ބަލައި ބައެއް ހެޔޮ އަމަލުތައް ނުކޮށް ދޫކޮށްލާތީ މުފްތީ މެންކް ފަދަ ދީނީ ޢިލްމުވެރިން ގެންދަވަނީ ކިތަންމެ ކުޑަނަމަވެސް ޖެޔޮ ޢަމަލެއް ނުކޮށް ދޫކޮށް ނުލަން އެކި ގޮތްގޮތުން ނަޞޭޙަތް ދެއްވަމުންނެވެ.

ބައެއް މީހުން އެފަދަ ޢަމަލުތައް އެއީ ކުދިކުދި ކަންކަން ކަމަށް ބަލައި ނުކޮށް ދޫކޮށްލައެވެ. ބޮޑެތި ހެޔޮ ކަންކަން ކުރަން ހިތުގައި އަޅައިގެން ތިބެއެވެ. އެއްވެސް މީހަކަށް އެމީހަކު މަރުވާނެ ވަގުތެއް ނުއެނގޭނެއެވެ. ކުރަން ހިތުގައި އޮތް ބޮޑު އަމަލު ނުކުރެވި އުޅެނިކޮށް މަރުވެސް ވެދާނެއެވެ. ކުޑަކުޑަ ޢަމަލު ނަމަވެސް ކޮށްފައި އޮތްނަމަ އެކަމުގެ ޘަވާބާއި ދަރުމަ ނުލިބިއެއް ނުދާނެއެވެ!

ފަހުން ލިބިދާނެ މާ ރަނގަޅު ވަޒީފާއަކަށް އުންމީދުކޮށްގެން ލިބިފައިވާ ވަޒީފާ ދޫކޮށްލުމަކީ ކުރަން ހެޔޮވާނެ ކަމެއް ނޫން ފަދައިން ހެޔޮ އަމަލުތައް ކުރުމުގައި ވެސް އެފަދަ ވިސްނުން ގެންގުޅޭށެވެ! ނޫނީ މާރަނގަޅު ބައިވެރިއަކާއި ކައިވެނި ކުރުމުގެ އުންމީދުގައި ލިބިފައިވާ ބައިވެރިޔާ ވަރިކޮށްލުމުން ލިބޭނެ ކަމަށް އުންމީދުކުރި ކުރި ބައިވެރިޔާ ނުލިބުމުން ލިބޭ ނިކަމެތިކަން ފަދަ ނިކަމެތިކަމާއި ކުރިމަތިލާން ޖެހުން އޮންނާނީ ދާދި ގާތުގައެވެ.

"އެއްވެސް ކަމަކީ ކުޑަކުޑަ ކަމެއް ކަމެއް ކަމަށް ބަލައި ތިމާއަށް ކުރަން ފުރުޞަތު ލިބޭ ކިތަންމެ ކުޑަ ނަމަވެސް ހެޔޮ އަމަލެއް ނުކޮށް ދޫކޮށް ނުލާށެވެ! އެކަމެއް އެނބުރި އަންނާނެއެވެ! ކިތަންމް ލަހުން ނަމަވެސް މާބޮޑު އުފާވެރިކަމެއް ލިއްބައިދޭނެއެވެ.

އެކަން އެނބުރި އަންނާނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ވީމާ ކިތަންމެ ކުޑަ ހެޔޮ އަމަލެއް ނަމަވެސް ކުރަންވީ އެއްވެސް މަޖުބޫރު ކަމެއް ނެތި އެކަން ކުރާހިތުންނެވެ! އެކަމުގެ ޘަވާބާއި ދަރުމަ ﷲ ތަޢާލާގެ ޙަޟްރަތުން އެދިގެނެނެވެ."

--މުފްތީ މެންކް

މިއަދު އޮންލައިން