އަހަރުގެ ދުވަސްތައް ފާއިއތުވަމުން އައިސް މިހާރު ކުރިމަތިލެވިފައި މިވަނީ މިއަހަރުގެ އަޟްޙާ ޢީދުގެ ދުވަސްތަކާއިއެވެ. ޢީދު ފާހަގަކުރަން އެކި ޤައުމުތަކުގައި އެކި ޤަބީލާ ތަކުގައި ކުރާނީ އެކިއެކި ކަންކަމެވެ. އެގޮތުން މިހާރަކަށް އައިސް އިސްލާމް ދީނާއި އެއްވެސް މިންވަރަކަށް ގުޅުން ނެތް ކަންކަންވެސް ކުރެއެވެ. އަދި މުސްލިމުން އެކަންކަމާއި ދުރުހެލިވާންޖެހޭނެ ކަންކަންވެސް ކުރެއެވެ.
އަހުރެންގެ ނަޞޭޙަތަކީ ޢީދުކުޅިވަރެއްގެ ގޮތުން ނަމަވެސް ތިމާ ބައިވެރިވަނީ ﷲ ތަޢާލާ ހުއްދަކުރެއްވެވި ކަންކަން ކަމުގައިކަން ކަށަވަރުކުރުމެވެ. އަދި ކުޅިވަރުތަކަށް ޣަރަޤްވެގެން ނުދިއުމެވެ. އަބަދުވެސް ﷲ ތަޢާލާ ހަނދުމަކުރުންމަތީގައި ހުންނަ މީހަކު ކަމުގައިވުމެވެ. ހިނދުކޮޅަކަށް ނަމަވެސް ﷲ ތަޢާލާ އާއިމެދު ޣާފިލުނުވުމެވެ.
ﷲ ތަޢަލާގެމަތިން ގިނަގިނައިން ހަނދުމަކުރުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. ހަމައެކަނި މިއާޔަތުންވެސް އެކަން އެނގި ޔަޤީންވެގެންދެއެވެ.
އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! (އެކަމަށް އިޝާރާތް ކުރާ) ޢަލާމާތެއް މިއަޅާޔަށް ލައްވާނދޭވެ! އެކަލާނގެ ވަޙީ ކުރެއްވިއެވެ. (އެކަމުގައި) ކަލޭގެފާނުގެ ޢަލާމާތަކީ، ތިންދުވަސްވާންދެން، ކަލޭގެފާނަށް އިޝާރާތުން މެނުވީ މީހުންނާ ވާހަކަ ނުދެއްކެވި ހުންނެވުމެވެ. އަދި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގިނަގިނައިން ހަނދުމަކުރައްވާށެވެ! އަދި، ހަވީރާއި ހެނދުނު، ތަސްބީޙް ވިދާޅުވާށެވެ!" (އާލް ޢިމްރާން: 41)
- އިސްލާމީ ތިލަފަތުގެ ދަރުސަކުން