މައިން ބަފައިން ގޯސްކަމެއް ކުރާނަމަ ނަސޭހަތް ދީގެން ވެސް އިސްލާހު ނުވަންޏާ ހަދާނީ ކިހިނެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
މައިން ބަފައިން ގޯސްކަމެއް ކުރާނަމަ ނަސޭހަތް ދީގެން ވެސް އިސްލާހު ނުވަންޏާ ހަދާނީ ކިހިނެއްތޯ؟

ސުވާލު:. މައިން ބަފައިން ގޯސްކަމެއް ކުރާނަމަ ނަސޭހަތް ދީގެން ވެސް އިސްލާހު ނުވަންޏާ ހަދާނީ ކިހިނެއްތޯ؟ 

ޖަވާބު:. މައިންބަފައިން ގޯސްކަމެއް ކުރުން އެއީކީއެއް އެއްވެސް ޙާލެއްގަ ދަރިން އެކަމާ ހަނުތިބެންޖެހޭ ސަބަބެއްނޫން. މައިން ބަފައިން ކަމުގައިވީނަމަވެސް އަދި އެހެން މީހަކު ކަމުގައިވީނަމަވެސް ގޯސްކޮށްކަމެއް ކުރާކަމަށްވަނީނަމަ އެކަމެއް ރަގަޅު ކޮށްދިނުމަކީ އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް. 

އެހެން ވީމާ މައިންބަފައިން ކަމަށް ވިޔަސް އަދި އެހެންމީހެއް ކަމަށް ވިޔަސް ނުބައިކަމެއް ކުރާކަމަށް ވަނީނަމަ ނުވަތަ މުންކަރާތެއް ހިންގާ ކަމަށް ވަނީނަމަ އެކަން މަނާކުރުން އެއީ ހަމަ ކޮންމެހެންވެސް ކުރަން ޖެހޭނެކަމެއް. މައިންބަފައިން ކަމަށްވީތީ، އެކަމާ އަޅާނުލާ ހުރުން ނުވަތަ ބަހެއް ނުބުނެ ހުރުން އެއީކީ އެއްވެސް ޙާލެއްގަ އެކަން އޮންނަ ގޮތެއްނޫން. 

މައިންބަފައިން ކަމުގައިވީނަމަވެސް އަޅުގަނޑުމެން މުސްލިމުންނަކީ ނުވަތަ މިއުއްމަތުގެ މީހުން އެންމެ ހެޔޮ އުއްމަތުގެ މީހުންގެގޮތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވާފަވާ ސަބަބަކީ އަޅުގަނޑުމެންނަކީ ހެޔޮ ކަންތައް ތަކަށް އަމުރުކޮށް އަދި ނުބައި ކަންތައްތައް ނަހީކުރާ ބަޔަކަށް ވާތީވެ، މައިންބަފައިންކަމަށްވިޔަސް ނުރަނގަޅުކޮށް ކަމެއް ކުރާކަމަށް ވަނީނަމަ އެކަމެއް ރަގަޅު ކޮށްދިނުން އެއީ ދަރިންގެ މައްޗަށް އޮތްވާޖިބެއް. 

މިޙާލަތުގާވެސް ވިސްނަންޖެހޭނެ ކަމަކީ މައިންބަފައިންނާ ވާހަކަ ދައްކާއިރުގާ ރީތިކޮށް ވާހަކަ ދައްކަން ވާނީ. މިސާލަކަށް އެހެންމީހުންނާ ވާހަކަ ދައްކާ ގޮތާ ތަފާތުކޮށް އަދި ހިތްހަމަ ނުޖެހިފާ ހުރިކަމަށްވީ ނަމަވެސް ވަރަށް ބޮޑަށް ފަރުވާތެރިވާން ވާނެ. މައިން ބަފައިންނާ ދިމާލަށް ބާރަށް އެއްޗެއް ބުނެވިދާނެތީ ނުވަތަ ނުރަގަޅު ގޮތަކަށް އެއްޗެއް ބުނެވިދާނެތީ އެކަމާދޭތެރޭގާ ވަރަށްބޮޑަށް ފާރަވެރިވާން ޖެހޭނެ. އެފާރަވެރި ވުމާއެކީގާމައިން ބަފައިން ކުރާ ނުރަގަޅު ކަންތައްތައް މަނާކުރީމަ އޭރަށް ރަގަޅުވާނެ . އިންޝާﷲ

 

- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން