ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލސްޠީނުގެ ކުޑަކުދިންގެ ގައިގައި ތަޅާ އަނިޔާކޮށް ކުޑަކުދިންތައް ހައްޔަރުކޮށް އުފުލަނީ ގެރިބަކަރި، ކުއްތާ ފަދަ ތަކެތި އުފުލާ ވެހިކަލްތަކުގައި ހަމައެގޮތަށެވެ. އަނެއްބައި ޤައުމުތަކުގައި ކުރާ ދާޚިލީ ހަނގުރާމަތަކުގެ ސަބަބުން ޙާލުގައި ޖެހި ނިކަމެތިވެފައި އެތައް ހާސް ކުދިންނެވެ.

ކާނެއެއްޗެއް ނެތްތަކުގައި ބޮއިލާނެ ފެންފޮދެއް ވެސްނުލިބި އެކުދިންތައް އެތިބީ ކޮންފަދަ ޙާލެއްގައި ހެއްޔެވެ؟ މުޅި އިންސާނިއްޔަތުގެ ޢަދާވާތްތެރިންގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުގައި ޔަތީމްވެ، މިސްކީންވެ ޙާލުގައި ޖެހިފައި ތިބީ ކިތައް މިލިއަން ކުޑަކުދިން ހެއްޔެވެ؟
އެކުދިންނަށް އޮތީ ހަމައެކަނި މިފަދައިން ދުޢާކުރުންމަތީގައި ތިބުމެވެ! އަސަރެއް ކުރަނީ ކާކަށް ހެއްޔެވެ؟ އަޅައިލަނީ ކޮން ވެރިއެއް ހެއްޔެވެ؟ އެމީހުންނާއި އެމީހުންގެ ދަރިން ބޭނުންހައި ވަރަކަށް މީރުހައި ތަކެތި ކައިގެން އުފަލުގައި ތިބުމުން އެމީހުންނަށް ނިމުނީއެވެ.

"ޔާ ﷲ! އަޅަމެންގެ މައިންބަފައިންނާއި އަޅަމެންނަށް އެހީވާން ތިބި އެންމެން ޝަހީދުކޮށްލައިފިއެވެ! އިނބަ ﷲ ފިޔަވައި އެއްވެސް ފަރާތެއް ނެތި އަޅަމެން އެކަނިވެއްޖެއެވެ! އަޅަމެންނަށް އެހީތެރިކަމެއް ފޯރުކުރައްވަވައި ދެއްވަވާނދޭވެ!" އާމީން!
މިއަދު އަޅުގަނޑުމެން އުފާކުރަމުންގެނދާއިރު ދުނިޔޭގެ ކަންކޮޅުތަކުގައި މިފަދަ ނިކަމެތިހާލުގައި ތިބި ކުދިންގެމަތިން ހަނދުމަކޮށް އެކުދިންނަށްޓަކައި ހެޔޮދުޢާކުރާށެވެ. އަދި ޙާލުގައި ޖެހިފައި ތިބި އެންމެންނަށްތަކައިވެސް ހެޔޮދުޢާކުރާށެވެ!