ސުވާލު:. އިސްލާމީ ޤައުމެއްގާ އަންހެނަކަށް ވެރިކަން ކުރެވިދާނެތޯ؟ އެކަމުގެ ޙުކުމަކީ ކޮބައިތޯ؟
ޖަވާބު:. އިސްލާމީ ޤައުމެއްގައި އަންހެނަކު ވެރިކަން ކުރުމަކީ އެއީކީ ހުއްދަކަމެއްނޫން ސަބަބަކީ ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާފަވަނީ " لَنْ يُفلَحِ قَوْمٌ وَلو أمَرِهُمْ إمْرَأَة " ޤައުމެއްގެ ވެރިޔަކަށް އަންހެނަކު ހުރެއްޖެ ކަމަށްވަނީނަމަ އެބަޔަކަށް ކާމިޔާބެއް ނުލިބޭނޭ.
އެހެންވީމާ އަންހެނުންނަށް ޤައުމުގެ އެންމެމަތީ ވެރިކަން ކުރުން އެއީ އިސްލާމް ދީނުގާ ހުއްދަ ކަމެއްނޫން އެހެނެއްނޫން އެހެން މަޤާމުތަކުގާ އެކަނބަލުން ތިބުމަކީ އެއީ މައްސަލައެއް އޮތް ކަމެއްނޫން.
- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް