ރަސޫލް ޞޢވ, ވަނީ އަހަރެމެންނަށް އެކަލޭގެފާނުގެ އަޚުންގެ ދަރަޖަ ދެއްވަވާފަ! އެއަޚުކަމުގަ އަހަރެމެންނަށް އެބަތިބެވޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ރަސޫލް ޞޢވ, ވަނީ އަހަރެމެންނަށް އެކަލޭގެފާނުގެ އަޚުންގެ ދަރަޖަ ދެއްވަވާފަ! އެއަޚުކަމުގަ އަހަރެމެންނަށް އެބަތިބެވޭތަ؟

ﷲ ތަޢާލާ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު (ވަނީ އަހަރެމެންނަށް އެންމެ މަތީ ދަރަޖަ ދެއްވަވައި މަތިވެރިކުރައްވަވައިފައެވެ. އެކަން ބަލައިނުގަނެވިގެން މިއުޅެނީ ހަމަ އަހަރެމެންނަށެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ރަސޫލް () ވަނީ އަހަރެމެންނަށް އިތުރު އެކަލޭގެފާނުގެ އަޚުންގެ ދަރަޖަ ދެއްވަވައިފައެވެ! އެކަން ބަޔާން ކުރައްވަވައި ރަސޫލް () ޙަދިޘްފުޅު ކުރައްވަވާފައިވަނީ "ތިމަންކަލޭގެފާނުގެ އަޚުންނާއި ބައްދަލުވެވަޑައިގަންނަވާނެ ކަމަށް އުންމީދުކުރައްވަވާ ކަމަށެވެ." 

އެކަން ޙަދީޘްފުޅު ކުރެއްވެވުން ޞަހާބީން ހީފުޅު ކުރެއްވެވީ ރަސޫލް (ޞޢވ) ގެ އަޚުންނަކީ އެބޭކަލުން ކަމަށެވެ. ނަމަވެސް ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ އިތުރު އެކަލޭގެފާނުގެ އަޚުންނަކީ "ތިމަންކަލޭގެފާނުގެ ފަހުން، އެމީހުންނަށް ތިމަންކަލޭގެފާނު ފެނުމެއް ނެތި،  ތިމަން ކަލޭގެފާނަށް ތަބަޢަވީ މީހުން" ކަމަށެވެ. 

މިހައި މަތިވެރި ދަރަޖައެއް ރަސޫލް () އަހަރެމެންނަށް ދެއްވަވާފައިވާއިރު ސުވާލަކީ

އަހަރެމެންނަށް އެކަން އެބަ ހިފެހެއްޓޭ ހެއްޔެވެ؟ އަހަރެމެން މިތިބީ އެގޮތުގައި ހެއްޔެވެ؟ ރަސޫލް () އަށް ފުރިހަމަ ގޮތުގައި ތަބަޢަވެގެން ހެއްޔެވެ؟  

މީސްތަކުންނޭވެ! މިއީ ބުއްދި ސަލާމަތުން ހުރި އެއްވެސް މީހަކު ދޫކޮށްލާނެ ޝަރަފެއް ނޫނެވެ! އެހެނީ އެ ޝަރަފު ލިބިގަނެވުމަކީ ސުވަރުގެ ޔަޤީންވެގެންދާނެ ސަބަބަކަށްވާތީއެވެ! ވީމާ ރަސޫލް () ގެ ސުންނަތަށް ލޯބިކޮށް ޢަމަލުކުރުން އިތުރުކުރާށެވެ! ހުރިހާ ސުންނަތެއްގައި ވެސް ގަދައަޅައި ހިފަހައްޓާށެވެ! ރަސޫލް () އަށް ތަބަޢަވުމަކީ އެއީއެވެ.  

Prophet MUHAMMAD said:

“I wish that I could meet my brothers.” The sahabah asked:”Aren’t we your brothers?” He replied:”You are my companions, but my brothers are those who will believe in me WITHOUT HAVING SEEN ME”

 

{Sahih al-jami}

 

 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

 

 

 

މިއަދު އޮންލައިން