އުފާ ފާޅު ކުރުމުގެ ނަމުގައި ބަރަކާތްތެރި ޢީދުގެ ޙުރުމަތް ކަނޑަމުންދާއިރު الله ތަޢާލާގެ ޙަޟްރަތުން ކޯފާ އެއް އައިސްދާނެކަމަށް ބިރުވެތި ނުވަނީތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
އުފާ ފާޅު ކުރުމުގެ ނަމުގައި ބަރަކާތްތެރި ޢީދުގެ ޙުރުމަތް ކަނޑަމުންދާއިރު الله ތަޢާލާގެ ޙަޟްރަތުން ކޯފާ އެއް އައިސްދާނެކަމަށް ބިރުވެތި ނުވަނީތޯ؟

"އުފާ ފާޅު ކުރުމުގެ ނަމުގައި ބަރަކާތްތެރި ޢީދުގެ ޙުރުމަތް ކަނޑަމުންދާއިރު الله ތަޢާލާގެ ޙަޟްރަތުން ކޯފާ އެއް އައިސްދާނެކަމަށް ބިރުވެތި ނުވަނީތޯ؟ 

"ފަހެ، ރަށްތަކުގެ އަހުލުވެރިން އެއުރެން ރޭގަނޑުގައި ނިދާފައިތިއްބައި އެއުރެންގެ ގާތަށް ތިމަންރަސްކަލާނގެ ކޯފާގެ ޢަޛާބް އަތުވެދާނެކަމާމެދު (ބިރެއްނެތި) އަމާންވެ ތިބީހެއްޔެވެ؟"

(އަލްއަޢްރާފް: 97) 

"ނުވަތަ ރަށްތަކުގެ އަހުލުވެރިން، އެއުރެން ކުޅެކުޅެތިއްބައި ދުވާލުގެ ޟުޙާ ވަގުތުގައި އެއުރެންގެ ގާތަށް ތިމަންރަސްކަލާނގެ ކޯފާގެ ޢަޛާބު އަތުވެދާނެ ކަމާމެދަކު (ބިރެއްނެތި) އަމާންވެ ތިބީހެއްޔެވެ؟" (އަލްއަޢްރާފް: 98) 

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވަނީ "ނަޞޭޙަތް"ގެ މިޓްވީޓް ރީޓްވީޓްކުރައްވައިފައެވެ. 

ޝައިޚް ޙަސަން ލަޠީފް ވެސް ވަނީ ކޮންމެ ކަމެއްގައިވެސް މުސްލިމުން ޢަމަލުކުރަން އޮތީ ރަސޫލާ އަށް ތަބަޢަވެގެންކަން ކީރިތި ޤުރްއާނުން ހާމަކުރައްވައިފައެވެ. 

"ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲ ތަޢަލާއަށް ލޯބިކުރާނަމަ، ތިމަންކަލޭގެފާނަށް ތަބާވާށެވެ! އޭރުން ﷲ ތަޢާލާ ތިޔަބައިމީހުންނަށް ލޯބިވެ ވޮޑިގަންނަވާނެއެވެ. އަދި ތިޔަބައިމީހުންގެ ފާފަ ފުއްސަވައިދެއްވާނެއެވެ." (އާލްޢިމްރާން: 31)  

މިއަދު އޮންލައިން