އެއީ އަބަދުވެސް ކުރާ ކަމަކަށްވާތީ މީހުންމެރީމާ ކަންބޮޑުވަނީ ކީއްވެ؟ އެއީ އާދަމްގެފާނުގެ ޒަމާނުންސުރެ ކުރަމުން އަންނަ ކަމެއް!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
އެއީ އަބަދުވެސް ކުރާ ކަމަކަށްވާތީ މީހުންމެރީމާ ކަންބޮޑުވަނީ ކީއްވެ؟ އެއީ އާދަމްގެފާނުގެ ޒަމާނުންސުރެ ކުރަމުން އަންނަ ކަމެއް!: ޝައިޚް ޢަލީ ޒައިދު

މިހާރު ޢާންމުވެ އިތުރުވެގެން އުޅޭ އެއްޖިންސުން ގުޅުންހިންގުމުގެ މައްސަލަތަކާއި ގުޅިގެން އެކަން ދިފާޢުކުރާ ބައެއް މީހުން "އެއީ އަބަދުވެސް ރާއްޖޭގައި ކުރަމުން އަންނަ ކަމެއް ކަމަށް" ބުނެ އެކަމުގެ ފާފައިގެ ބޮޑުކަން ގެއްލުވާލަން މަސައްކަތްކުރާތީ އެކަމަށް ޝައިޚް ޢަލީ ޒައިދު ރައްދު ދެއްވައިފިއެވެ. 

"އެންމެ ފުރަތަމަ ލޭއޮހޮރުވައި މީހަކު މަރާފައިވަނީ އާދަމްގެފާނުގެ ދަރިކަލުން. އެހެންވީމާ އެއީވެސް ދުނިޔެ ފެށުނީންސުރެ ހިނގަމުން އަންނަ ކަމެއް. ކީއްވެގެންތޯ އެކަން ކުށަކަށް ހަދައި ޤާނޫނުގައި އޮންނަ ގޮތަށް އަދަބުދެނީ؟ 

ދެން ދުނިޔޭގައި ޙަޟާރަތްތައް އުފެދި ވެރިކަން ކުރަންފެށީންސުރެ ވެރިކަން ވައްޓާލުމަކީ ކުރަމުން އަންނަ ކަމެއް. ކީއްވެގެންތޯ ވެރިކަން ވައްޓާލަން ބައަކު އުޅޭހެން ހީވާއިރަށް އެބައަކު ހައްޔަރުކުރަނީ؟ އެއީވެސް ހަމަ ކުރިންސުރެ ރާއްޖޭގައިވެސް ކުރަމުން އަންނަ ކަމެއް ނޫންތޯ؟

ވީމާ އެއްޖިންސުން ގުޅުންހިންގުމުން އެއީ ޒަމާނުންސުރެ ކޮންމެވެސް ބައަކު ކުރާކަމަކަށްވާތީ އެކަން ޙުއްޖަތަކަށް ދައްކައިގެން އެއްޖިންސުން ގުޅުން ހިންގާ މައްސަލަތައް ނުބަލަން ކުރާ ވަކާލާތީ ޙުއްޖަތަކަށްވާނަމަ މިކަންކަންވެސް ކުރުން ހުއްދަވާކަމުގެ ޙުއްޖަތަކަށް ޒަމާނުންސުރެ އެކަންކަން ކުރާކަން ނުފުދޭނެތޯ؟"

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ﷲ ތަޢާލާ އެކަމެއް ޙަރާމްކުރައްވަވާފައިވާ ކަމެއް ހުއްދަކުރަން ދެއްކޭނެ އެއްވެސް ޙުއްޖަތެއް ނުއޮންނާނެ ކަމަށާއި އެފަދަ ވާހަކަތައް ދައްކަނީ އިސްލާމް ދީން އޮޅުން ނުފިލާތިބި މީހުން ކަމަށެވެ. އަދި އެފަދަ ވާހަކަތައް ދެއްކުމުގެކުރިން ދީނުގެ ޙުކުމްތައް އޮޅުންފިލުވައި ﷲ އަށް ބިރުވެތިވާންޖެހޭނެ ކަމަށެވެ.

މިއަދު އޮންލައިން