ކައިވެނިކުރަން ދިއުމުން އޭނާގެ ބައްޕަ ބުނީ ނަރަކައަށް ދިއުމަށް! ނަމަވެސް އަހަރެންނަށް އާދެވިފައި މިވަނީ އުފާވެރިކަމާ ރަޙްމަތް ބޮޑު ތަނަކަށް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކައިވެނިކުރަން ދިއުމުން އޭނާގެ ބައްޕަ ބުނީ ނަރަކައަށް ދިއުމަށް! ނަމަވެސް އަހަރެންނަށް އާދެވިފައި މިވަނީ އުފާވެރިކަމާ ރަޙްމަތް ބޮޑު ތަނަކަށް!: މުފްތީ މެންކް

އަހަރެންނަށް ތާއީދުކޮށް އަހަރެން ބަލައިގަންނަ އަހަރެން "ފޮލޯ" ކުރާ ބައަކު ތިބޭނެކަމަށް އަހަރެން ދުވަހަކުވެސް އުންމީދެއް ވެސް ނުކުރަމެވެ. ނަމަވެސް އަހަރެންނަކީ އަހަރެންގެ ގޮތުގައި ކުރިއަށް ދާން މަސައްކަތްކުރި މީހަކީމެވެ. އެހެްނ މީހުން ކުރާ ކަންކަން ބެލި މީހެއް ނޫނެވެ. ނަމަވެސް ޙާލަތު މިއަދު މިވަނީ ބަދަލުވެފައެވެ. ﷲ ތަޢާލާ ބަދަލުކުރައްވަވައި ދެއްވެވުމުންނެވެ.

އެމީހަކު ކުރަން ބޭނުންވާ ކަމެއް ޙާޞިލުކުރަން މަސައްކަތްކުރާށެވެ! މަސައްކަތް ކުރުމުން ވެސް ކާމިޔާބު ނުވެއްޖެ ނަމަ ދެރަ ނުވާށެވެ! ކަންބޮޑުވެސް ނުވާށެވެ! އެކަން އެގޮތަށް މެދުވެރިކުރެއްވެވީ އެއަށްވުރެ މާރަނގަޅު ގޮތްތަކެއް މެދުވެރިކުރެއްވެވުމަށްކަން އަބަދުވެސް ޔަޤީންކުރާށެވެ! ކުރިއަށް ދާނެ އެހެން މަގެއް އިޚްތިޔާރުކުރާށެވެ!

"އަހަރެންވެސް ކައިވެންޏެއް ކުރަން އުޅުނީމެވެ. އޭނާގެ ބައްޕަ ބުނީ ކަލޭ ނަރަކައަށް ދާށެވެ! (މާނައަކީ ތިއަ ކަމެއް ކަލެއަކަށް ނުކުރެވޭނެއެވެ.) ނަމަވެސް އެއިގެ ބަދަލުގައި އަހަރެންނަށް އާދެވިފައި މިވަނީ "ސުވަރުގެ"އަށެވެ. (މާނައަކީ ﷲ މެދުވެރިކުރެއްވެވީ މާރަނގަޅު ގޮތް ކަމެވެ. ދެއްވަވާފައިވަނީ އުފާވެރިކަމާ ރަޙްމަތް ބޮޑު ދިރިއުޅުމެއް ކަމެވެ.!)"

މީސްތަކުން ކުރަން އުޅޭ ކަންކަން ނުކުރެވޭނެ ގޮތަށް ﷲ ތަޢާލާ މީސްތަކުންނަށް ބަންދުކުރައްވަވައެވެ. އެއީ އެއްވެސް ވަރަކަށް ކަންބޮޑުވާން ޖެހޭނެ ކަމެއް ނޫނެވެ. އެއިގެ ބަދަލުގައި މާރަނގަޅު ގޮތްތައް ﷲ ތަޢާލާ މެދުވެރިކުރައްވަވައި ދެއްވަވާނެތެވެ.

ތެދަށް ބުނާނަމަ 20 ވަރަކަށް ފަހަރު އަހަރެން ކުރިއަށް ދާން މަސައްކަތްކުރި މަގު ﷲ ތަޢާލާ ބަންދުކުރެއްވެވިއެވެ. ނަމަވެސް އަހަރެން މިއީ އަހަރެންނަށް ވެވިފައި މިހިރީ އެކަންކަން އެގޮތަށް މެދުވެރިކުރެއްވެވީތީއެވެ. އަަހރެންނަށް މިއަދު އާދެވިފައިމިވާ ހިސާބަށް އާދެވޭނެކަން އަހަރެން ހުވަފެނުން ވެސް ނުދެކެވެ.

--މުފްތީ މެންކުގެ ބަސްދީގަތުމަކުން

މިއަދު އޮންލައިން