ކުރިން ކިތަންމެ ބޮޑެތި ފާފަތަކެއް ކުރެވިފައިވީނަމަވެސް އެއީ އެމީހަކަށް ލެއްވެވި ރަޙްމަތަކަށް ބަދަކޮށްލަން ބޭނުން ނުވާނީ ކާކު؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ކުރިން ކިތަންމެ ބޮޑެތި ފާފަތަކެއް ކުރެވިފައިވީނަމަވެސް އެއީ އެމީހަކަށް ލެއްވެވި ރަޙްމަތަކަށް ބަދަކޮށްލަން ބޭނުން ނުވާނީ ކާކު؟: މުފްތީ މެންކް

ތިބާއަށް ކުރިން ކިތަންމެ ބޮޑެތި ފާފަތަކެއް ކުރެވިފައިވީނަމަވެސް އެއީ ތިބާއަށް ލެއްވެވި ރަޙްމަތަކަށް ބަދަކޮށްލަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ހަމަ ގައިމުވެސް ކޮންމެ މުސްލިމަކުވެސް އެކަން ބޭނުންވާނެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިއީ ހަމަ ކޮންމެ މުސްލިމަކަށްވެސް އޮތް ފުރުޞަތެކެވެ. އެ ބޮޑު ފުރުޞަތު ލިބިގަތުމަށް އެދޭމީހާ ކޮށްލަންޖެހޭ ކަމަކީ ހަމައެކަނި އިޚްލާޞްތެރިކަމާއިއެކު ތައުބާވެ ހެޔޮ ޢަމަލުތައްކުރަން ފެށުމެވެ. އިތުރު އެއްވެސް ކަމެއްކުރާކަށް ނުޖެހޭނެއެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ތިބާއަށް އެންމެ ކުށެއް ކުރެވުނު ނަމަވެސް މީސްތަކުންނަށް އެއުޅެނީ ތިބާއަށް މާފުނުކުރެވިގެންނެވެ. ފަހަރެއްގައި ފުރަތަމަ ފަހަރު މާފުކުރިޔަސް ދެވަނަ ފަހަރަށް މާފަށް އެދިއްޖެނަމަ މާފުކުރުން އޮންނަނީ ވަރަށް ބޮޑުކަމަކަށްވެފައެވެ. ގިނަ ފަހަރަށް މާފުނުވެސް ކުރާނެއެވެ. 

ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން ކިތަންމެ ގިނައިން، ކިތަންމެ ގިނަ ފަހަރު ފާފަފުއްސަވައި ދސެއްވެވުމަށް އެދުނަސް ފާފަފުއްސަވައިދެއްވަވަތެވެ. އަދި ފާފަފުއްސަވައިދެއްވެވުމަށް ގިނަގިނައިން އެދުމަށް އެކަލާނގެ ލޯބިވެވޮޑިގަންނަވަތެވެ. ވީމާ ގިނަގިނައިން އެކަމަށް އެދޭށެވެ. އަދި ތިބާއަށް ކުރެވިފައިވާ ހުރިހާ ފާތަކަކީ ޘަވާބުކަމަށް ބަދަލުކޮށްލަން މަސައްކަތްކުރާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން