ދަރިއަކު އަލަށް ކައިވެނި ކުރުވާފަ ޗުއްޓީއަށް ރިސޯޓަށް ފޮނުވުމަކީ ކޮންކަހަލަ ކަމެއްތޯ؟

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 41ސ
ދަރިއަކު އަލަށް ކައިވެނި ކުރުވާފަ ޗުއްޓީއަށް ރިސޯޓަށް ފޮނުވުމަކީ ކޮންކަހަލަ ކަމެއްތޯ؟

ސުވާލު:. ދަރިއަކު އަލަށް ކައިވެނި ކުރުވާފަ ޗުއްޓީއަށް ރިސޯޓަށް ފޮނުވުމަކީ ކޮންކަހަލަ ކަމެއްތޯ؟ މިހެން މިއަހާލީ ރިސޯޓުތަކަކީ ރާވިއްކާ ތަނެއްވީމާ! 

ޖަވާބު:. ރާވިއްކުން ފަދަ ކަންތައްތައް އަދި ރިސޯޓުގާ ހިނގިކަމުގައިވީނަމަވެސް އެތަނަށްދާ މީހުން އެކަމުގެ ތެރެޔަށް ނުވަންނަ ކަމަށް ވަނީނަމަ ރާވިއްކުން ނުވަތަ އެނޫންވެސް ﷲ ޙަރާމް ކުރެއްވި  ކަންތައްތަކުގެތެރެއަށް ކައިރިނުވެ އޭގެތެރެޔަށް ނުވަދެ އުޅޭކަމަށްވަނީނަމަ އެތަންތަނަށް ޒިޔާރަތް ކުރުމަކީ  އެއީ މައްސަލައެއް އޮތް ކަމެއްނޫން! އެއީ ހަމަ ހުއްދަ ކަމެއް.! 

- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

(ރާއްޖެއިން ބޭރަށް ހިނގައްޖެނަމަ ރިސޯޓަކަށްވުރެ ލިބުން މާފަސޭހަވާނެއެވެ. މާއަގުވެސް ހެޔޮވާނެއެވެ. މުހިންމީ ޙަރާމްކަމެއްގެ ތެރެއަށް ނުވަނުމެވެ.)

 

މިއަދު އޮންލައިން