އެކަނި ގެންގުޅެ ބޮޑުކުރި މަންމަ މަރުވެއްޖެކަމަށް ޑޮކްޓަރުބުނީމާ އުފަލުން ގޭގަ ޑިސްކޯޕާޓީއެއް ބޭއްވި ދަރިފުޅުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 9ސ
އެކަނި ގެންގުޅެ ބޮޑުކުރި މަންމަ މަރުވެއްޖެކަމަށް ޑޮކްޓަރުބުނީމާ އުފަލުން ގޭގަ ޑިސްކޯޕާޓީއެއް ބޭއްވި ދަރިފުޅުގެ ވާހަކަ-

މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނިގެން ފުލުހުން ހޮސްޕިޓަލަށް ގެންދިއަ އަންހެނެކެވެ. އޭނާއަކީ ކާކުކަން އަނގައިދޭނެ އެއްވެސް ލިޔުމެއްވެސް އޭނާގެ އަތަކު ނެތެވެ. އޭނާއަށްވަނީ ހާޓް އެޓޭކެއް ޖެހިފައެވެ. ހޭއެރީވެސް 3،4 ދުވަސްފަހުންނެވެ.

ހޭއެރުމުން އޭނާގެ ޢާއިލާ ޢާއިމެދު ޑޮކްތަރުން ސުވާލުކުރުމުން އޭނާބުނީ އޭނާގެ ދަރިއަކު ހުންނަކަމަށާއި އޭނާއާއިބެހޭ އެއްވެސް މައުލޫމާތެއް ދަރިފުޅަށް ނުދިނުމަށެވެ. ބިލްތައް އޭނާ އަމިއްލައަށް ދައްކާނެ ކަމަށެވެ. 

އޭނާ ދޫކޮށްލަން އޮތްދުވަހު ޑޮކްޓަރުން ގާތު އެދުނީ ދަރިފުޅަށް ގުޅާފައި އޭނާ މަރުވެއްޖެ ކަމަށް ބުނެދިނުމަށެވެ. "އަހަރެންނަށް ވަރަށް ބޮޑަށް ޤަބޫލުކުރެވޭ އަހަރެންނަށް މިކަން މިދިމާވީ ދަރިފުޅުގެ ސަބަބުންކަމަށް. އެހެންވެ އެކަމަށް މިއެދެނީ. ކަމުގެ ޙަޤީޤަތް އޮޅުންފިލުވަން ފަސޭހަވާނެތީ." 

ޑޮކްޓަރު އޭނާގެ ދަރިފުޅު ހޮސްޕިޓަލަށް ގެނުވާފައި މަންމަ މަރުވެއްޖެ ކަމަށް ބުންޏެވެ. ދަރިފުޅު ބުނީ ޖަނާޒާގެ ކަންކަން ހަމަޖައްސާފައި މާދަމާ ހަށިގަނޑު ބަލައި އަންނާނެ ކަމަށެވެ. މަންމަ އެރޭ ގެއަށް ދިއައިރު ދަރިފުޅު އުޅެނީ އެކުވެރިން ގެނެސްގެން ޑިސްކޯ ޕާޓީއެއް ބާއްވައިގެންނެވެ. ދެޖިންސުގެ ޒުވާނުން މަޖާކުރަމުން ގެންދަނީއެވެ. 

މަންމަފެނުމުން ދަރިފުޅު ދިއައީ ސިއްސައިގެންނެވެ. ބުނީ މަންމަ މަރުވެއްޖެކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށެވެ. މަންމަ ބުނީ އެއީ ހަމަ ތެދެއް ކަމަށެވެ. "އާނ! އެއީ ހަމަ ތެދެއް! ދަރިފުޅުގެ މަންމަ މަރުވެއްޖެ! މިއީ ވިހޭމީހާ! އަވަހަށް ޕާޓީ ހުއްޓާލާފައި މިގެއިންވެސް ނުކުމޭ. މަންމަ މަރުވިކަމުގެ އުފަލުގަދޯ މިރޭ ތިއަ ޕާޓީ ބޭއްވީ! ފުދިއްޖެ! ފުދި އިތުވެސްވެއްޖެ!" އެހެން ބުނެފައި އެތަނުގައި ތިބި އެންމެންނަށް ވަގުތުން ގެއިން ނުކުންނަން އަންގައި ގެއިން ނެރުނެވެ. 

އަނެއްދުވަހު އޭނާއަށް ޑޮކްޑަރު ދިން ކުރިން ކާން ގެންގުޅުނު ބޭސްތައް ހިފައިގެން ގޮސް ޑޮކްޓަރަށް ދެއްކިއެވެ. ޓެސްޓްކޮށްފައި ބުނީ އެބޭސްތަކަކީ ޑޮކްޓަރު ލިޔެދިފައިވާ ބޭސްތައް ނޫން ކަމަށާއި ހިތުގެ ބަލި އިތުރަށް ބޮޑުވާނެ ބޭސްތަކެއް ކަމަށެވެ. 

މަންމަ ހިތަށް އެރިއެވެ. "ގެއާއި ތަނަވަސްކަން ބޭނުންވި ނަމަވެސް މިއީ ބޮޑުވަރުތާއެވެ. ފުރާނަ ސަލާމަތްވިކަން އެއީ ލެއްވެވި ބޮޑު ރަޙްމަތެކެވެ. އަދި އެކަނި ގެންގުޅެ ބޮޑުކުރުމުން އަނހެން ދަރިއަކު މިފަދަކަމެއް ކޮށްފާނެކަމަށް ކުރިން ހީވެސް ނުކުރެވުނުކަން އެއީ އަހަރެންގެ ހުރި އުނިކަންތާއެވެ!" 

އޭނާގެ ދަރިފުޅު އޭނާ އާއިމެދު މިފަދަ ގޮތަކަށް ކަންކަންކުރީ ހިލޭ ފިރިހެނުން ނުގެންގުޅުމަށާއި ކައިވެނިކޮށް ހަރުދަނާ ދިރިއުޅުމެއް އުޅުމަށް ނަޞޭޙަތްދޭތީއެވެ. ބޭނުންހައި ވަރަކަށް ޚަރަދުކުރާނެ ފައިސާ އަތަށް ނުދޭތީ މަންމަ އަވަހަށް މަރުވުމުން މަންމަގެ ތަނަވަސްކަން އަވަހަށް އަމިއްލަ އަތަށް އަރާނެކަމަށް ބަލައިގެންނެވެ. ނަމަވެސް އެކަން އޭނާއަށް ލިބުނު ބޮޑު ދެރައަކަށް ބަދަލުވެގެންދިއައީއެވެ. 

މިއީ އަޅުގަނޑަށް ފެނުނު މޫވީ ކްލިޕެއްގައި ކަންކަން ހިނގައިދިއަ ގޮތެވެ. ހަމަ މިފަދަ ކަމެއް އަޅުގަނޑުގެ އަވަށްޓެރި އަންހެނަކަށްވެސް މެދުވެރިވިއެވެ. މަންމަ ނެތިކޮށްލަން އޭނާގެ ދެދަރިން ކުރަމުން ގެންދިއަ މަސައްކަތް ކާމިޔާބުނުކުރެވުނީ އޭނާއަކީ އަޅުގަނޑުގެ މަންމަގެ އެންމެ ގާތް އެކުވެރިޔާކަމަށްވުމުން އޭނާގެ ދެދަރިން ދީފާނެ ދެރައަކަށް އަޅުގަނޑުގެ މަންމަ ހޭލުންތެރިވީވަރުންނެވެ. އޭނާ ބަލިވާއިރަށް އޭނާގެ ދަރިންނަށް ނުޖައްސައި ހުރިހާ ކަންކަން މަންމަ ކޮށްދިނީތީއެވެ. އެވަރުންވެސް މަންމަ ނެތިކޮށްލަން ސިހުރު ހެއްދުވިކަންވެސް ފަޅާއެރިއެވެ. 

އަޅުގަނޑުގެ ސުވާލަކީ އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައިވާއިރު އަހަރެމެން ކޮންމެ މީހަކީވެސް މަރުވާނެ މީހެއްކަމާއި މަންމައަށް އެފަދަ ގޮތެއް ހެދުމުން ދެއްވަވާނެ ޢަޛާބަށް ވެސް ހަމަ ބިރުވެތިނުވެވެނީހެއްޔެވެ؟ ޝައިޠޯނުންގެ ކޮޅަށް ލެބެވިފައި ތިބޭވަރުން އެކަންކަން ހަމަ ހިތަށްވެސް ނާރަނީއެވެ. 

މިއީ މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތްތެރި ވާހަކައަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.

 

- ލައިޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން