"ޤިޔާމަތް ދުވަހުން އެންމެ ކަރުދިގު މީހުން" ކަމަށް ހަދީޘްފުޅުގަ އޮންނަ ޙަދީޘް ބަސްފުޅުގެ މާނައާ އެމީހުންނަށް ހުރި ފައިދާތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
"ޤިޔާމަތް ދުވަހުން އެންމެ ކަރުދިގު މީހުން" ކަމަށް ހަދީޘްފުޅުގަ އޮންނަ ޙަދީޘް ބަސްފުޅުގެ މާނައާ އެމީހުންނަށް ހުރި ފައިދާތައް-

ސުވާލު:. ބަންގި ގޮވާމީހުންނަށް ޤިޔާމަތް ދުވަހުގަ ހުރި ފައިދާތަކަކީ ކޮބައިތޯ؟ 

ޖަވާބު:. މީސްތަކުންނަށް މިސްކިތުގައި ބަންގިގޮވާ ނަމާދަށްގޮވާލުން އެއީ ވަރަށް މުހިންމު ވަރަށް މާތްކަމެއް! ކޮންމެއަކަސް ޙަދީޘްގަ އަންނަނީ ޤިޔާމަތް ދުވަހުން އެންމެ ކަރުދިގު މީހުންކަމުގައި ވާނީ އެއީ ބަންގި ގޮވާ މީހުންކަމުގަ. 

އެކަރުދިގޭ އޭގެ މާނަޔަކީ އެއީ އެމީހުންނަށް ލިބޭ ދަރުމަޔާއި ޘަވާބެއްގެ ވާހަކަ. ޙަޤީޤަތުގާ އެތަނުގަ އެއިޝާރާތް ކުރައްވަނީ ރަސޫލު ﷲ  ޙަދީޘް ކުރައްވަނީ الْمُؤَذِّنُونَ أَطْوَلُ النَّاسِ أَعْنَاقاً يَوْمَ الْقِيَامَةِ "ބަންގިގޮވާ މީހުން އެއީ ޤިޔާމަތް ދުވަހުން އެންމެ ކަރުދިގު މީހުންނޭ." ދެން މީގެ މާނައެއްކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވޭ: ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަޙްމަތް އެންމެ ބޮޑަށް ލިބޭނެ މީހުންނަކީ އެމީހުން ކަމުގައި. އެހެންވެގެން އެމީހުންގެ ކަރުދިގު ވާހަކަ ބަޔާން ކުރައްވާފަ ވަނީކަމަށް،

ބައެއް ޢިލްމުވެރިން މީގަ ބަޔާން ކުރައްވާފަވޭ އެންމެ ގިނަ ޘަވާބު ލިބޭ އެއްބަޔަކަށް ވާނޭ. އެމީހުން އެހެން ވެގެން އެމީހުންގެ ކަރުދިގު ވާހަކަ ބަޔާން ކުރައްވާފަ ވަނީއޭ، އަނެއްބައި ބޭކަލުން އޭގެ މާނަ ކުރައްވާފަވޭ. އެމީހުންނަކީ ހުރިހާ މީސްތަކުންގެ އެންމެ އިސް ސަފުގަ މީސްތަކުންގެ ރައީސެއްގެ ގޮތުން ނުވަތަ މީސްތަކުންގެ ސައްޔިދެއްގެ ގޮތުގަ އެންމެ އިސް މީހެއްގެ ގޮތުގަ ހުންނާނެ މީހުންނަކީ ބަންގި ގޮވާ މީހުންނޭ. އެހެން ވެގެންނޭ ރަސޫލުﷲ   އެގޮތަށް ޙަދީޘް ކުރައްވާފަވަނީ .

 

- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން