މާފަށް އެދުމާއި މާފްކުރުމުގައި އެންމެ ބޮޑެތި މައްސަލަތައް ކުރިމަތިވަނީ ދެމަފިރިންގެ މެދުގައެވެ. ރަޙިމުގެ ގުޅުން ދަމަހައްޓަންޖެހޭ މީހުންގެ ދެމެދުގައެވެ. އެންމެ ބޮޑެތި މައްސަލަތައް ކުރިމަތިވެބޮޑެތި ފިތުނަތައް ފެތުރެމުން މިދަނީވެސް ކޮންމެހެންވެސް މާފުކުރަންޖެހޭ އެންމެ ގާތް މީހުންނަށް މާފުނުކުރެވޭތީއެވެ.
ވިސްނުންތެރިކަމާއިއެކު ޝައިޚް މުޙައްމަދު ހޮބްލޮސްގެ މިވާހަކަކޮޅު ކިޔައިލަބަލާށެވެ! ވިސްނުންތެރިކަމާއިއެކު ކިޔައިފިނަމަ އެއްވެސް ކަމެއްގައި މާފުކުރަން ފަސްޖެހޭނެ ކަމަކަށް ޤަބބޫލެއް ނުކުރެވެއެވެ.
"ބައެއް މީހުން ހީކުރަނީ މާފުކުރުމަކީ އެމިހާއަށް ލިބިފައިވާ އިޚްތިޔާރީ ކަމެއް ކަމަށެވެ. ބޭނުންނަމަ މާފުނުކޮށް ޤިޔާމަތް ދުވަހަށް މަޑުކޮށްލެވިދާނެކަމަށެވެ. މީސްތަކުންނޭވެ! އެއީ އެއްވެސް ޙާލެއްގައި އެހެން އޮތްކަމެއް ނޫނެވެ! ހަމައެކަނި މާފުކުރުމެއްވެސް ނޫނެވެ. މާފުކުރަން ލޯބިކުރުމަށް ދާންދެން އޭނާގެ އީމާންކަން ފުރިހަމަނުވާހުއްޓެވެ.
ވީމާ މާފުކުރުމަކީ އެއްވެސް ޙާލެއްގައި އިޚްތިޔާރީ ކަމެއް ނޫނެވެ. އެއީ އެމީހާގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. ﷲ ވާޖިބުކުރައްވަވާފައިވާ ކަމެކެވެ. ކަމުގެ ކުޑަބޮޑުމިނަށްވެސް ބެލުމެއް ނެތެވެ. މާފަށް އެދިއްޖެނަމަ އޮތީ އެއްވެސް އިތުރު ބަހަނާއެއް ނުދައްކައި ވަގުތުން މާފުކުރުމެވެ. އެނޫން އެއްވެސް ގޮތެއް އެކަމުގައެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އޮތް އެންމެ ރަނގަޅު ގޮތަކީ މާފަށް އެދުމުގެކުރިންވެސް މާފުކުރުމެވެ.
މިއީ އިސްލާމް ދީނުގައި މިކަން އޮތްގޮތެވެ! އެގޮތާއި ކުޅެ ބަދަލުގެންނަން މަސައްކަތްނުކުރާށެވެ! އެކަމުގެ ޙައްޤު ލިބިގެންވާ ހަމައެކަކުވެސް ނުހުންނާނެއެވެ! އަދި އެއީ ކުރެވޭނެ ކަމެއްވެސް ނޫނެވެ!"
- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން