ކޮންމެ ނަމެއްގަ ނަމަވެސް ސަރުކާރުން ބޭރުން މީހުން ގެނެސް ވަނާތައް ފާޅުކޮށް އިތުރު ގެއްލުން ލިބޭފަދަ ކަންތައް ނުކުރުމަށް ނަޞޭޙަތްތެރިވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ކޮންމެ ނަމެއްގަ ނަމަވެސް ސަރުކާރުން ބޭރުން މީހުން ގެނެސް ވަނާތައް ފާޅުކޮށް އިތުރު ގެއްލުން ލިބޭފަދަ ކަންތައް ނުކުރުމަށް ނަޞޭޙަތްތެރިވެއްޖެ!

ދެޖިންސުގެ މީހުން ވަނާތައް ފާޅުކޮށް އިތުރު ގެއްލުން ޤައުމާއި ރަޢްޔިތުންނަށް ލިބޭފަދަ ކަންތައް ނުކުރުމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ނަޞޭޙަތްތެރިވެވަޑައިގެންފިއެވެ. 

ޑރ. އިޔާޟް ވަނީ ޤައުމުގައި އެއްޖިންސުން ގުޅުން ހިންގުމާއި ފާޙިޝް ޢަމަލުތައް ޢާއްމުވެފައިވާ ވަގުތެއްގައި ދެޖިންސުގެ މީހުން ވަނާތައް ފާޅުކޮށްގެން ބާއްވާ ޙަރަކާތްތައް ބޭއްވުމަކީ ފާހިޝް ޢަމަލުތައް ކުރަން ހިތްވަރުލިބޭނެ ކަމެއްކަން ފާހަގަކުރައްވައިފައެވެ. 

ޑރ. އިޔާޟް މިމޭރުމުން ނަޞޭޙަތްތެރިވެވަޑައިގަތީ ނިވާކަންކުޑަ، ހަށިގަނޑަށް ބާރު، ޖަނގިޔާ، ޓައިޓް ފަދަ ގުނަވަނުގެ ވަނާތައް އެނގޭ ގޮތަށް ތިބެގެން ބާއްވާ "ބޮޑީބިލްޑިންގ އެންޑް ފިޒިކަލް ފިޓްނަސް" މުބާރާތެއް މާފުށީގައި ފަށަން އުޅޭތީއެވެ. 

އެޙަރަކާތަކީ ބައިނަލްއަޤްވާމީ ޙަރަކާތަކަށްވުމަކީ، އަދި ސަރުކާރުން އެކަމެއް އިންތިޒާމްކުރުމަކީ އިސްލާމް ދީނުގެ ޙުކުމްތަކަށް ބަދަލުގެނެވޭނެ ސަބަބެއް ނޫނެވެ. ރާއްޖޭގައި އެކިއެކި ފަރާތްތަކުން އިންތިޒާމުކޮށްގެން މީގެ ކުރިން ޤައުމީ ފެންވަރުގައި ބޭއްވި ޙަރަކާތްތަކާއި ގުޅިގެންވެސް ޢިލްމުވެރިންވަނީ ހަމަ މިފަދަ މޭރުމުން އިލްތިމާސްކުރައްވައިފައެވެ. 

ސަރުކާރަށް ޔޯގާ ޝިރުކަކަށް ނުވިފަދައިން ގުނަވަންތަކުގެ ވަނާ ހާމަކޮށްގެން ޙަރަކާތްތައް ބޭއްވުންވެސް ސަރުކާރަށް އެއްވެސް ކަމަކަށްނުވީއެވެ. މީގެކުރިން އަމިއްލަ ފަރާތްތަކުން ފަތުރަމުން އައި އިސްލާމް ދީނާއި ޚިލާފް ކަންކަން ފަތުރަން ސަރުކާރުން ފެށީއެވެ.  

މިއަދު އޮންލައިން