ހަނދުމަހުގެ 3 ދުވަހު ރޯދަހިފާމީހުން މިމަހު ޢަމަލުކުރަންވީ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ހަނދުމަހުގެ 3 ދުވަހު ރޯދަހިފާމީހުން މިމަހު ޢަމަލުކުރަންވީ ގޮތް-

ރަސޫލާ ﷺ ޙަދީޘް ކުރެއްވި: "ކޮންމެ މަހަކު ތިންދުވަހު ރޯދަ ހިފުމަކީ މުޅި އަހަރު ދުވަހު ރޯދަހިފުން ފަދަ ކަމެކެވެ." (އަލްބުޚާރީ އަދި މުސްލިމް.)

ހަނދުމަހުގެ 13،14،15 މި 3 ދުވަހު ރޯދަހިފަން މަސައްކަތްކުރަމާ ހިނގާށެވެ. މިމަހުގެ މި 3 ދުވަހު ރޯދަހިފިމާއިބެހޭ ގޮތުން ޑރ. އިޔާޟް ވިދާޅުވެފައިވެއެވެ. 

"މިމަހުގެ 1 އިން ފެށިގެން 9 އަކަށް ރޯދަ ހިފިމީހުންނަށް ވާނީ މަހުގެ 3 ދުވަހު ރޯދަ ހިފުމުގެ ސުންނަތް ޙާޞިލުކުރެވިފައެވެ. އެހެނީ 13،14،15 ދުވަހުގެ ރޯދައަކީ މަހުގެ ކޮންމެ 3 ދުވަހަކު ހިފިދާނެ 3 ރޯދައެވެ. ދެން ޢަރަފާތު ދުވަހު އެކަނި ރޯދަ ހިފިމީހުން މާދަމާއިން ފެށިގެން ކުރިއަށް އޮތް 14،15 ދެ ދުވަހު ރޯދަ ހިފިނަމަވެސް ސުންނަތް ޙާޞިލްކުރެވޭނެއެވެ. އެހެންކަމާއިއެކުވެސް 3 ދުވަހު ރޯދަހިފަން ބޭނުންވާ މީހުން ކުރިއަށް އޮތް، 14،15،16 ތިން ދުވަހު ރޯދަހިފުމަކީވެސް ހަމަކުރެވިދާނެކަމެކެވެ. 

އޮތީ ވީހާ ގިނައިން ސުންނަތް ރޯދަތައް ހިފުމެވެ. ހިފާ ކޮންމެ ރޯދައަކަށް އެމީހާ 70 އަހަރުގެ ރާސްތާއަށް ނަރަކައާ ދުރުކުރައްވަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ."

މިއަދު އޮންލައިން