ބޮޑީ ބިލްޑުކުރުމަކީ ޙަރާމްކަމެއް ނޫން! އެކަމަކު ޢައުރަ އިސްތިހާރު ކުރުމަކީ ޙަރާމްކަމެއް!: ޝައިޚް ޝިފާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ބޮޑީ ބިލްޑުކުރުމަކީ ޙަރާމްކަމެއް ނޫން! އެކަމަކު ޢައުރަ އިސްތިހާރު ކުރުމަކީ ޙަރާމްކަމެއް!: ޝައިޚް ޝިފާން

ކުޅިވަރު ޙަރާމްކަމަށް އެއްވެސް ޢިލްމުވެރިއަކު ވިދާޅުނުވާކަމަށާއި ނަމަވެސް ކުޅިވަރެއްގައި ހިމެނޭ އިސްލާމްދީނާއި ޚިލާފް ކަމެއްގެ ސަބަބުން ވަކި ކުޅިވަރެއް ހުއްދަ ނުވެދާނެކަމަށް ޝައިޚް މުޙައްމަދު ޝިފާން ވިދާޅުވެއްޖެއެވެ. 

އެގޮތުން ބޮޑީ ބިލްޑުކުރުމަކީ ޙަރާމްކަމެއް ނޫންކަމަށާއި އެކަމަކު ޢައުރަ އިސްތިހާރު ކުރުމަކީ ޙަރާމްކަމެއް ކަމަށާއި ތަފާތު ދެނެގަންނަން ޖެހޭނެ ކަމަށްވެސް ޝައިޚް ޝިފާން ވަނީ ވިދާޅުވެފައެވެ. 

ފެތުމަކީ ހުއްދަ ކަމެއް ކަމަށާއި ނަމަވެސް ސްވިމް ސޫޓްލައި އަޢުރަ ދައްކައިގެން މީސްތަކުންގެ ކުރިމަތީގައި ފެތުން ހުއްދަނުވާނެ ކަމަށްވެސް ޢިލްމުވެރިން ބަޔާން ކުރައްވައެވެ. 

ދީނުގައި މިކަންކަން އޮންނަގޮތް ޢިލްމުވެރިން ބަޔާން ކުރެއްވުމުން ޢިލްމުވެރިންނަށް ކުރާ ފުރައްސާރަތަކަކީ އިސްލާމް ދީނުގެ ކަންކަމަށް ކުރާ ފުރައްސާރަތައް ކަމަށްނުވެ ނުދާނެ ގޮތެއް ނެތް ނަމަވެސް އެފަދަ ކަންކަން ބަލާނެ ފަރާތެއް ރާއްޖޭގައި ނެތުމުން ގިން ބައަކު ކަންބޮޑުވެއެވެ. 

މިއަދު އޮންލައިން