ސީދާ ޢަރުޝިކޮޅުގެ ދަށުން ދެއްވެވި ޚަޒާނާގައި ހިމެނޭ މިދުޢާ ނިދުމުގެކުރިން ކޮންމެހެންވެސް ކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ސީދާ ޢަރުޝިކޮޅުގެ ދަށުން ދެއްވެވި ޚަޒާނާގައި ހިމެނޭ މިދުޢާ ނިދުމުގެކުރިން ކޮންމެހެންވެސް ކުރާށެވެ!

ކުރެވޭ ކޮންމެ ފާފައަކީ ޤިޔާމަތް ދުވަހަށް އޮތް އަނދިރިކަމެކެވެ. އަލިކަން ބޭނުން ނަމަ ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ނުކުރާށެވެ! ކުރެވުނު ނަމަވެސް ތައުބާވުމަށް އަވަސްވެގަންނާށެވެ! ކަރުނަ އަޅައި އާދޭސް ދަންނަވާށެވެ!

ބައެއް ފާފަތައް ކުރެވެނީ އަހަރެމެންގެ ނަފްސުގެ ބަލިކަށިކަމުން ނަމަވެސް ޤަޞްދުގައެވެ. އަނެއްބައި ފާތައް ކުރެވެނީ ޤަޞްދެއް ނެތިއެވެ. މިދުޢާގައި އަހަރެމެން އެދި މިދަންނަވަނީ

"އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، ޤަޞްދެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް ޢުޤޫބާތް ނުދެއްވެވުމަށެވެ! އަޅަމެންގެ ބަލިކަށިކަމުގެ މައްޗަށް ރަޙުމް ކުރައްވަވައި ޢަފޫކޮށް ދެއްވެވުމަށެވެ.

ދުޢާ:

"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، ޤަޞްދެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް ޢުޤޫބާތް ނުދެއްވާނދޭވެ!" (ބަޤަރާ: 286)

މިގޮތަށް މިދުޢާ ގެނައުމުން ބައެއް މީހުންނަށް އޮޅިވެސްދާނެއެވެ. މިއީ ނިދުމުގެ ކުރިން ކޮންމެ ރެއަކު ކިޔަން އޮތް ބަޤަރާ ބަޤަރާ ސޫރަތުގެ އެންމެ ފަހު 2  އާޔަތުގެ ތެރެއިން ފަހު އާޔަތުގައި ހިމެނޭ ދުޢާއެކެވެ. އެ އާޔަތް ކިޔެވުމުން މިދުޢާކުރެވުނީއެވެ. ވީމާ އާޔަތުގެ މާނަ ދަސްކުރާށެވެ!

މިއީ އިސްރާ އާއި މިޢްރާޖްގެ ދަތުރުފުޅުގައި ސީދާ ﷲ ތަޢާލާގެ ޢަރުޝިކޮޅުގެދަށުން ދެއްވެވި އަގުބޮޑު ޚަޒާނާގައި ހިމެނޭ އާޔަތެކެވެ. 

ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތަކީ ވަޙީގެ މަލާއިކަތާ ޖިބްރީލްގެފާނު މެދުވެރިކުރެއްވެވުމެއް ނެތި، ސީދާ ރަސޫލް (ﷺ) އަށް، ޢަރުޝިކޮޅުގެދަށުން ދެއްވެވި އަގުބޮޑު ޚަޒާނާއެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން