ސުވާލު:. ދިވެހިރާއްޖޭގައި ވަރަށްގިނަ ޤުރްއާން ތިލާވަތު ކުރައްވާ ބޭބޭފުޅުން ވަރަށް ގިނަ. އެހެންނަމަވެސް އަޅުގަނޑަށް ފާހަގަކުރެވެނީ ޤުރްއާން އެއީހަމަ ވާހަކަކިޔާ އެއްޗެއްހެން ކިޔާ ގޮތުގަ. އެބޭފުޅުން ބޭނުންކުރައްވާ ކަމަށް މުޖްތަމަޢުގެ ކަންތައްތައް ފެންނަ ގޮތުން އަޅުގަނޑަށް މިމުޖްތަމަޢުން މިފެންނަނީ އަޅުގަނޑު ކުރީގަވެސް އަހާފަ އޮންނަ އަޑެއްމީ ޤުރްއާން ހިތުދަސްކޮށްފަ ހަނދާން ނައްތާލާ މީހުންގެ ފާފަތަކުގެ ވާހަކަ އައިއްސަ އޮވޭ. އެހެންނަމަވެސް އަޅުގަނޑުގެ ހިތަށް މިފެންނަނީ އެހަނދާން ނެތިކޮށްލުމުގެ ވާހަކަ އެއަންނަނީ އެއަސްލު ޤުރްއާނަށް ޢަމަލު ކުރުމަށް އަންގަވާފަ އޮންނަ ގޮތަށް ޢަމަލު ނުކުރުމުން ކަމަށް އަޅުގަނޑު ދެކެނީ. އެހެންވީމަ އެކަން ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ؟ އަދި މިކަމުގެ މުހިންމު ކަމަކީ ކޮބައިތޯ؟
ޖަވާބު:. ޤުރްއާން ހަމައެކަނި ކިޔެވުމަކުން ނުފުދޭ ޤުރްއާން ކިޔެވުމާ އެކީގަ ޤުރްއާނުގެ މާނަ ދަސްކޮށް އަދި އެޤުރްއާނާ އެއްގޮތަށް އޭނަގެ ޢަމަލުތައް ބައްޓަން ކުރަން މަސައްކަތް ކުރަންޖެހޭ.
އެއީ ޤުރްއާން ކިޔަވާފަ އެޔާ އެއްގޮތަށް އޭނަގެ ޢަމަލުތައް ނުބަހައްޓާ ކަމަށްވަނީނަމަ އޭގެ މާނަޔަކީ އޭނާޔަކީ ޤުރްއާނަށް ޢަމަލުކުރާ މީހެއްކަމުގައި ނުވާނެ. ޤުރްއާން ހިތުދަސް ކޮށްފި ކަމަށްވަނީނަމަ އެހިތުދަސްކުރިބައި ހިތުގާ ހަރުލެއްވުމަށް މަސައްކަތް ކުރަންޖެހޭނެ. ހިތުގަ ހަރުލެއްވޭނީ ގިނަގިނައިން ޤުރްއާން ކިޔެވީމަ. ޤުރްއާން ނުކިޔަވާ ދޫކޮށްލައިފި ކަމަށްވަނީނަމަ ހިތުގަ ހަރުލައެއް ނުހުންނާނެ. އެހެންވީމަ ހަނދާނުން ފުހެވިގެންދާނެ ވަރަށް އަވަހަށް ވަރަށް ފަސޭހައިން ކީރިތި ރަސޫލާ ﷺ އެކަން ސިފަކުރައްވާފަ ވަނީވެސް ބަނދެފައޮންނަ ޖަމަލެއްގެ މިސާލު. އެޖަމަލު ބަނދެފަ އޮންނަކަމަށްވަނީނަމަ އެޖަމަލު ރީތިކޮށް ބަސްއަހައިގެން އޮންނާނެ އެހެންނަމަވެސް ޖަމަލު ނުބަނދެ ދޫކޮށްލައިފިކަމަށް ވަނީނަމަ އެޖަމަލު ދުއްވައިގަންނާނެ. ދެން އޭތި އަތަކު ނުޖެހޭނެ.
ހަމަ އެގޮތަށް ޤުރްއާން ވެސް ޤުރްއާނަކީވެސް ޤުރްއާން ކިޔަވާ މުރާޖަޢާކޮށް ހަދާކަމަށްވަނީނަމަ އެމީހެއްގެ ހިތުގާ ޤުރްއާން ދެމި ހުންނާނެ އެހެންނަމަވެސް ޤުރްއާން ނުކިޔަވާ ދޫކޮށްލައިފި ކަމަށްވަނީނަމަ ހަނދާނުން ފުހެވިގެންދާނެ. އެހެންވީމާ އެގޮތަށް ޤުރްއާނާ ދޭތެރޭގައި ޢަމަލު ކުރަންޖެހޭނީ ދެން ތިބުނުއްވި ގޮތަށް ހަމައެކަނި ޤުރްއާން ކިޔެވިޔަސްވެސް ނުވެއްފުދޭނެ. އަދި ކިތަންމެ ވަރަށްކަށް ކިޔެވިޔަސްވެސް ޤުރްއާނާ އެއްގޮތަށް ޢަމަލު ނުކުރާކަމަށް ވަނީނަމަ އޭގެ މާނަޔަކީ އޭނަޔަކީ އެއީ އަދި ޤުރްއާނާ އެއްގޮތަށް އޭނަގެ ޢަމަލުތައް ބަހައްޓާ މީހެއްކަމުގައި ވެގެނެއް ނުދާނެ. އެހެންވީމާ، ޤުރްއާން ކިޔެވުމާ އެކީގާ ޤުރްއާނަށް ޢަމަލު ކުރުމަކީ އެއީހަމަ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެއް.
- ޖަވާބުދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް