އަބޫހުރައިރާ ރަޟިޔަالله ޢަންހު ވިދާޅުވި. "ތިމަންކަލޭގެފާނުގެ ޚަލީލު ތިންކަމަކަށް ވަޞިއްޔަތް ކުރެއްވިއެވެ. ކޮންމެ މަހަކު ތިންދުވަހު ރޯދަހިފުމަށާއި، ކޮންމެ ދުވަހަކު ޟުޙާގެ ދެރަކްޢަތް ކުރުމަށާއި، ނިދުމުގެ ކުރިން ވިތުރި ކުރުމަށެވެ." (އަލްބުޚާރީ އަދި މުސްލިމް.)
މި ވަޞިއްޔަތްފުޅުގައި މިވަނީ 3 ކަމެކެވެ. 1. ކޮންމެ މަހަކު ތިންދުވަހު ރޯދަހިފުން. 2. ކޮންމެ ދުވަހަކު ޟުޙާގެ ދެރަކްޢަތް ކުރުން. އަދި 3 ވަނަކަމަށް ނިދުމުގެ ކުރިން ވިތުރި ކުރުމަށެވެ.
ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަހިފާމީހުން އަންނަ ބުރާސްފަތިދުވަހުން ފެށިގެން ސުންނަތް ރޯދަތައް ހިފަން ފަށަމާ ހިނގާށެވެ. ޞުޙާ ނަމާދުކުރުމާއި ވިތުރިކުރުންމަތީގައި ދެމިތިބެމާ ހިނގާށެވެ.
"ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހަކު ރޯދަހިފާ މީހަކަށް މަހުގެ 3 ދުވަހު ރޯދަ ހިފުމުގެ ސުންނަތްވެސް ޙާޞިލްކުރެވޭނެއެވެ. އެހެންކަމާއިއެކުވެސް ސުންނަތް ރޯދަހިފުން ހިފުން ގިނަކުރުމުގެ ގޮތުން 13،14،15 ދުވަހުވެސް ރޯދަހިފަންވީއެވެ.": ޑރ. މުޙައްމަދު އިޔާޟް