ކޮންމެ ކުއްޖަކީ އުންމަތް ފަޚުރުވެރިވާ ފަދަ ކުއްޖެގެ ގޮތުގަ ތަރުބިއްޔަތުކުރަން ބިސްމި ކިޔައި ފަށަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ކޮންމެ ކުއްޖަކީ އުންމަތް ފަޚުރުވެރިވާ ފަދަ ކުއްޖެގެ ގޮތުގަ ތަރުބިއްޔަތުކުރަން ބިސްމި ކިޔައި ފަށަމާ!

ތިރީގައި އެވަނީ މީގެ 3 އަހަރުކުރިން ޝައިޚް އަނީލް ވިދާޅުވެފައިވާ ބަސްފުޅެކެވެ. 3 އަހަރުވީއިރުވެސް ޝައިޚް ވިދާޅުވެފައިވާ ފަދައިން ބިސްމި ކިޔުނުކަމަކަށް ނުބެލެވެއެވެ. އަނެއްކާވެސް އައު ހިތްވަރެއްލައި މިފެށޭ ދިރާސީ އަހަރާއިއެކު ޝައިޚް ވިދާޅުވެފައިވާ ފަދައިން ބިސްމިﷲ ކިޔަން މަސައްކަތްކުރަންފެށުން ކީއްތޯއެވެ؟

"ދިރާސީއާއަހަރު ފެށޭއިރު އެންމެހާ މުދައްރިސުންނާއި ބެލެނިވެރިން ތެދުވެރި ނިޔަތަކާ، އާ ޢަޒުމަކާއެކު ކުރިމަތި ލައްވާށެވެ. މުޙައްމަދު صلى الله عليه وسلمގެ އުއްމަތް ފަޚުރުވެރިވާފަދަ މުސްލިމް ދަރިއަކު ކަމުގައި ކޮންމެ ކުއްޖަކުވެސް ތަރުބިއްޔަތު ކުރަން بسم الله ކިޔައި ފަށަމާ ހިނގާށެވެ." –ޝައިޚް މުޙައްމަދު އަނީލް

ޝައިޚް އަނީލްގެ މިބަސްފުޅުން އެނގިގެންދަނީ ރަސޫލް ﷺ ގެ އުންމަތް ރާއްޖޭގައި މިއަދު އޮތް ޙާލަތެވެ. އެހާލަތު ބަދަލުކޮށް ރަސޫލް (ﷺ)ގެ އުންމަތް ފަޚުރުވެރިވާ ފަދަ ޖީލެއް ބިނާކުރުމުގެ މަސައްކަތް މުޅިން އައު ފެށުމަކުން ފަށަން ޖެހިފައިވާ ކަމެވެ. އެކަމަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުން ތެދުވެރި ނިޔަތަކާއި އައު އަޒުމަކާއިއެކު ކުރިމަލާން ޖެހިފައިވާ ކަމެވެ.

ގިނަ ބެލެނިވެރިންނާއި މުދައްރިސުން ޤަބޫލުކުރާ ގޮތުގައި އެމީހުން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް ރަސޫލް (ﷺ) ގެ އުންމަތް ފަޚުރުވެރިވާ ފަދަ ދަރިން ތަރުބިއްޔަތުކުރެވޭނީ އެކަމަށް ހުރި ޤާނޫނީ ހުރަސްތައް ނައްތައިލެވިގެންނެވެ. ތައުލީމީ ވަޒީރާއި ތައުލީމީ ވަޒީރުގެ މައްޗަށް ބަސްކިޔާ ތައުލީމީ ވަޒީރު ﷲ ތަޢާލާއަށް ބިރުވެތިވެގެންނެވެ. އެމްޑީއެން އާއި އެލެކްސްގެ ފިކުރުން ޤައުމީ މަންހަޖު ސަލާމަތްކުރެވިގެންނެވެ.

 

މިއަދު އޮންލައިން