ސުވާލު:. މިހާރަކަށް އައިސް ބައެއްމީހުން ހޮކާ ކުޅުމަށްފަހު އެލިބޭ ފައިސާ ޙަލާލު ކުރުމުގެ ނިޔަތުގަ އަގު ބޮޑު އެއްޗެއް ގަނެފަ އެހެން މީހަކަށް އެވިއްކާލުމަށްފަހު އެލިބޭ ފައިސާ ޙަލާލު ކަމަށް ބުނެ އަނބިދަރިންނަށް އެކާންދެއެވެ. އެކަމުން އަނބިދަރިން ފާފަވެރިވާނެތޯ؟
ޖަވާބު:. އަނބިދަރިންނަށްވެސް ފިރިމީހާ އެކާންދޭ ފައިސާ އަކީވެސް ޙަލާލު ފައިސާ ނޫންކަން ޔަޤީންވާ ކަމުގައި ވަނީނަމަ ނުވަތަ ކިރިޔާވެސް އެކަމުގާ ޝައްކެއް އުޅޭކަމަށް ވަނީނަމަ ދުރުހެލިވާން ވާނެ. އަދި ޔަޤީންވާކަމަށް ވަނީނަމަ އޭގެ ބޭނުން ކޮށްގެން ނުވާނެ. އެއީ ޙަރާމް ފައިސާކަން އެނގިހުރެ އޭގެ ބޭނުން ކޮށްފި ކަމަށްވަނީނަމަ އެހިސާބުން އެމީހަކު ފާފަވެރިވާނެ.
- ޖަވާބުދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް