ތިބާ ފުރިހަމަކުރަންޖެހޭ ބައި ފުރިހަމަކުރުމަށްފަހު މި ދުޢާކޮށްފިނަމަ އެމީހަކާ ސުވަރުގެ އާއިދެމެދު އެއްވެސް ހުރަހެއް ނުވާނެތެވެ! އިން ޝާ ﷲ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ތިބާ ފުރިހަމަކުރަންޖެހޭ ބައި ފުރިހަމަކުރުމަށްފަހު މި ދުޢާކޮށްފިނަމަ އެމީހަކާ ސުވަރުގެ އާއިދެމެދު އެއްވެސް ހުރަހެއް ނުވާނެތެވެ! އިން ޝާ ﷲ!

މިދުޢާގައިވާ ފަދައިން ﷲ ތަޢާލާއަށް ދަންނަވަން ކެރޭނީ ކިތައް މީހުންނަށް ހެއްޔެވެ؟ ތެދުވެރިކަމާއިއެކު އެމީހަކަށް ކުރެވެން އޮތް އެންމެ ފުރިހަމައަކަށް އަޅުކަން ކުރަނީ ކާކުހެއްޔެވެ؟  ކުރެވެން އޮތް އެންމެ ގިނައިން އަޅުކަން ކުރަނީ ކާކު ހެއްޔެވެ؟ އަޅުކަން ކުރުން މިވަނީ އެންމެ ފަހުން ކުރާ ކަންތަކަށް ހަދައިފައެވެ. އެގޮތަށް އެކަން ކޮށްފައި އެންމެ ގިނަ ސަވާބާއި ސުވަރުގޭގެ އެންމެ މަތީ ދަރަޖަތައް ބޭނުންވާން ހެޔޮވެސް ނުވާނެ ނޫން ހެއްޔެވެ؟ 

ވީމާ ފުރަތަމަކަމަކަށް ތިބާ ފުރިހަމަކުރަންޖެހޭބައި ފުރިހަމަކޮށްލާށެވެ! ދެން މިދުޢާކޮށްލާށެވެ! ތިބާއާއި ސުވަރުގެއާއި ދެމެދުގައި އެއްވެސް ހުރަހެއް ނެތެވެ. އިން ޝާ ﷲ 

"ޔާ ﷲ! ނަބީ ބޭކަލުން މެދުވެރިކުރައްވަވައި ކުރަން އެންގެވި ވަރާއި ގާތަކަށް ވެސް މިއަޅާއަށް އަޅުކަމެއް ނުކުރެވެއެވެ. ތަޤްވާވެރިއެއްވެސް ނުވެވުނެވެ. ނަމަވެސް މިއަޅާގެ އާދޭހަކީ ނަބީބޭކަލުން މެދުވެރިކުރައްވައި އިނބަ ﷲ ވަޙީ ކުރެއްވެވި މިންވަރަށް ނިޢްމަތްތައް މިއަޅާއަށް ދެއްވެވުމެވެ. 

އެހެނީ އިނބަ ﷲ އެންގެވި މިންވަރަށް މިއަޅާއަށް އަޅުކަން ނުކުރެވުނު ނަމަވެސް މިއަޅާއަށް ކުރެވުނު އެންމެ ފުރިހަމައަށް، އެންމެ ގިނައިން މިއަޅާ އަޅުކަންކުރިކަމާއި އިނބަ ﷲ އަށް ކިޔަމަންތެރިކަން އަދާކުރިކަން މިއަޅާއަށްވުރެވެސް ބޮޑަށް ދެނެވޮޑިގެންވާނީ ހަމަ އިނބަ ﷲ އެވެ! 

ވީމާ މިއަޅާގެ އާދޭހަކީ ޤިޔާމަތް ދުވަހު މާޔޫސްވާން ޖެހޭނެ މީހަކު ކަމުގައި މިއަޅާ ނުލެއްވެވުމެވެ. ސަލާމަތުގެ އައްސޭރިއަށް ގެންގޮސް ދެއްވެވުމެވެ. ސުވަރުގޭގެ އެންމެ މަތީ ދަރަޖައިގައި ނަބީބޭކަލުންނާއި ރަސޫލްބޭކަލުންގެ އަރިއަހުގައި ލައްވަވައިފދެއްވެވުމެވެ. ޝަހީދުންނާއި އިނބަ ﷲ އެންމެ މަތިވެރިކުރެއްވެވި ބޭކަލުންނާއިއެކުގައި ލައްވަވައި ދެއްވެވުމެވެ. 

ޔާ ﷲ! މިއަޅާގެ އާދޭސް ޤަބޫލުފުޅުކޮށްދެއްވަވާނދޭވެ!" 

މިދުޢާ އެކުލަވައިލުމުގައި ވިސްނައިލަން ޖެހޭ ބައެއް ހިމަނާފައިވެއެވެ. 

"އެހެނީ އިނބަ ﷲ އެންގެވި މިންވަރަށް މިއަޅާއަށް އަޅުކަން ނުކުރެވުނު ނަމަވެސް މިއަޅާއަށް ކުރެވުނު އެންމެ ފުރިހަމައަށް، އެންމެ ގިނައިން މިއަޅާ އަޅުކަންކުރިކަމާއި އިނބަ ﷲ އަށް ކިޔަމަންތެރިކަން އަދާކުރިކަން މިއަޅާއަށްވުރެވެސް ބޮޑަށް ދެނެވޮޑިގެންވާނީ ހަމަ އިނބަ ﷲ އެވެ!" 

މިބައިގައި ބަޔާންވެގެންވާ ޝަރުޠުތައް ފުރިހަމަކުރުމާއިއެކު އެފަދަ މީހަކު މިފަދައިން ދުޢާކޮށްފިނަމަ އެމީހަކާއި ސުވަރުގެ ޢާއިދެމެދު އެއްވެސް ހުރަހެއް ނުވާނެތެވެ. އިން ޝާ ﷲ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން