ރައްޔިތުންގެ ގިނަ ބައެއްގެ ސުވާލު: 2 ޝައިޚުން ޖަލުގަ ބައިތިއްބަނީ އެކަމަށް ޝައިޚް އިމްރާން ބޭނުން ނުވެ ތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ރައްޔިތުންގެ ގިނަ ބައެއްގެ ސުވާލު: 2 ޝައިޚުން ޖަލުގަ ބައިތިއްބަނީ އެކަމަށް ޝައިޚް އިމްރާން ބޭނުން ނުވެ ތޯ؟

ރާއްޖޭގެ ސަރުކާރުން ޖަލަށްލައިގެން ގެންގުޅޭ 2 ޝައިޚުން ކަމުގައިވާ ޝައިޚް ފަޒްލޫން އާއި ޝައިޚް އާދަމް ނިޝާން މުއްދަދަތުއިތުރުކޮށް ޖަލުގައި ބައިތިއްބަމުން ގެންދަނީ ފުލުހުންގެ ބެލެނިވެރިޔާ ހޯމް މިނިސްޓަރު ޢަދާލަތުޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ބޭނުންވެގެން ނޫންތޯ ރައްޔިތުން ސުވާލުކުރަން ފަށައިފިއެވެ. 

2 ޝައިޚުން ބަންދުގައި ބައިތިއްބަމުން ގެންދާ މައްސައިލައި އަބަދުވެސް ކަންބޮޑުވުން ފައުޅުކުރައްވަމުން ގެންދަވާ ޑރ. އިޔާޟްގެ ބަސްފުޅަކާއި ގުޅިގެން ޖަވާބުދިން ގިނަ ބައަކު ވަނީ މި ސުވާލު އުފައްދައިފައެވެ. 

"އިމްރާން ކުރެން އަހާލަބާލަ އިމްރާން ﷲ އަށް ބިރުވެތިވުމުގެ ޚިޔާލުވެސް ނެތީތޯ. އޭނާގެ ބެލުމުގެ ދަށުގައިވާ ފުލުހުންގެ މުއައްސަސާއިން އެދިގެންނޭ ޝިރުކު ހުއްޓުވި މީހުންނަށް 60 ދުވަސް ޖެހީ!" 

"ޝައިޚް އެންމެ ފަހަރަކުވެސް ޝައިޚް އިމްރާނާ ތިސުވާލުކުރެއްވިންތޯ؟" 

"ބައްލަވަ ޑޮކްތޫރު! ޝައިޚްގެ ބޮސް އަންގަވައިގެން މުއްދަތު ޖަހަނީ!" 

ޝައިޚް އިމްރާން ޢަބްދުﷲ ގެ ޙަޤީޤީ ސޫރަ ގިނަ ބައަކަށް މިހާރު ފެންނަން ފަށައިފިކަން މިފަދަ ކޮމެންޓްތަކުން އެނގެންފަށައިފިއެވެ. 

ހަމައެއާއިއެކު ފާހަގަކޮށްލަން ޖެހޭ ކަމަކީ އަދާލަތު ޕާޓީން އެދޭކަންކަން ސަރުކާރުން ކޮށްދޭކަމަށް އެޕާޓީން ބުނެ އެމްޑީޕީއަށް ކެންޕޭނުކޮށްދެމުންގެންދާއިރު 2ޝައިޚުން މިނިވަންކޮށްދޭން ޢަދާލަތު ޕާޓީން ނޭދި އެތިބެނީ ކީއްވެގެންބާވައެވެ! 

2 ޝައިޚުން ހައްޔަރުކުރުމާއި ރާއްޖެއަކީ ލާދިނީ ޤައުމަކަށް ހަދަން ސަރުކާރުން ކުރާ މަސައްކަތްތަކާއި ދެކޮޅަށް އެޕާޓީގެ މެންބަރު، ޑރ. އިޔާޟް އެމަނިކުފާނުގެ އަމިއްލަފުޅު ޙައިޞިއްޔަތުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް އަންނަނީ އަބަދުވެސް ފާހަގަކުރެވެމުންނެވެ. މާތް ﷲ އެމަނިކުފާނަށް ސާބިތުކަމާ ހިތްވަރުދެއްވަވާށި! އާމީން

މިއަދު އޮންލައިން