ބޭނުންވާ ކަމެއް ޙާޞިލުނުވާއިރަށް ކެތްތެރިކަން ކޮޅުންލާ މީހުން މިކަންކަމަށް ވިސްނައިލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ބޭނުންވާ ކަމެއް ޙާޞިލުނުވާއިރަށް ކެތްތެރިކަން ކޮޅުންލާ މީހުން މިކަންކަމަށް ވިސްނައިލާށެވެ!

ދިރިއުޅުމުގައި ބޭނުންވާ ކަމެއް ޙާޞިލުނުކުރެވޭއިރަށް ކަންކަން އެކޮޅުކޮޅުން ޖެހުން މިވަނީ ވަރަށް ޢާންމު ކަމަކަށްވެފައެވެ. މިގޮތުން ބައެއް މީހުން ނުކުރަނީ މިވެނި ކަމެއް ކަމަށް ބުނެވެން ނެތް ހާލަތަށް މީހުންގެ ޢަމަލުތައް ހިނގައްޖެއެވެ. ކަމެއް ކުރިމަތިވެގެން ނަމަވެސް އަތްމަތިދަތިވެއްޖެނަމަ އެއްބައަކު މިކުރާކަމަކީ އަތުގައިހުރި ހުރިހާ ކޮސްމެޓިކްސް މޫނުގަ އުނގުޅައިގެން ނުކުމެ ޙަރާމް ކަންކަން ކުރަނީއެވެ. އަނެއްބައަކު ވައްކަންކުރަނީއެވެ. 

އެފަދަ ކަންކަން ނުކުރަނީ ކާކުހެއްޔެވެ؟ ވިޔަފާރިވެރިން އެމީހުންނަށް ދަތިކަމެއް ކުރިމަތިވެއްޖެނަމަ ޙަރާމްތަކެތީގެ ވިޔަފާރިއެބަކުރެއެވެ. ވީމާ މިކަންކަމަކީ މިހާރު ވަކި ފެންވަރަށްވެސް އޮތް ކަންކަމެއް ނޫނެވެ. މުބުނަނީ ވަކި ފެންވަރެއްގެ ބައަކު ކުރާ ކަންކަމެއްވެސް ނޫނެވެ. 

ބައެއް މީހުން ބޭނުން ކޮންމެ އެއްޗެއް ގަންނާނެ ފައިސާ އެމީހުންގެ އަތުގައި ހުރެމެ ނުގަނެވި ނުދޭހެއްޔެވެ؟ ކުރަން ބޭނުން ކަންކަން ނުކުރެވެނީ މަދުން ހެއްޔެވެ؟ މިއީ އަތުގައި ޚަރަދުކުރާނެ ފައިސާ ހުރެމެ ކަންކަން ހިނގަމުންދާގޮތް ކަމަށްވާއިރު އެމީހެއްގެ އަމިއްލަ ބާރު ނުހިނގާ ކަންކަން ތިމާ އެދޭހައި ގޮތަކަށް ފުރިހަމަވުމަށް އެދުމަކީ ދެކޮޅު ޖެހޭ ކަމެއް ކަމާއިމެދު އަމިއްލައަށް ވިސްނައިލުން ބުއްދިވެރިއެވެ. 

"އެމީހަކަށް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތަކަށް ޝުކުރު ނުކުރާ މީހަކަށް ދުވަހަކުވެސް އުފާވެރިކަމެއް ނުލިބޭނެއެވެ. އެހެނީ ދުނިޔެއަކީ މީސްތަކުން ބޭނުންވާ ހުރިހާ ނިޢްމަތްތަކެއް އެމީހާ ބޭނުންވާ ގޮތަށް ލިބުމަށް އޮތްތަނެއް ނޫނެވެ. 

ވީމާ އެމީހާ އެދޭ ގިނަ ކަންތައްތަކެއް މިދުނިޔޭގައި ޙާޞިލު ނުކުރެވޭނެ ގިނަ ބައަކު ތިބޭނެއެވެ. އެކަން އިޚްލާޞްތެރިކަމާއިއެކު ޤަބޫލުކުރަންވާނެއެވެ. އެދޭ ކަންތައްތަކެއް ޙާޞިލު ނުވެ އޮތުމަކީ ލިބިފައިވާ ނިޢްމަތްތަކަށް ޝުކުރުވެރި ނުވުމަށް އޮތް ސަބަބަކަށް ނުހަދާށެވެ. ލިބިފައިވާ ނިޢްމަތްތަކަށް ޝުކުރުވެރިވާ މީހަކު ކަމުގައިވާށެވެ." 

ވީމާ ކޮންމެ މީހަކު ވެސް މިފަދަ ނަޞޭޙަތްތައް އެކުވެރިންނާއި ހަމައަށް ފޯރުކޮށްދީ ދުނިޔޭގެ ޙަޤީޤަތަކީ މިއީކަން ވިސްނައިދޭން މަސައްކަތްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން