ޙައްޖާ ޢުމުރާވުމަށްފަހު ބުރުގާ ނަގާ އަންހެނުން ވިސްނާލަންޖެހޭ މުހިންމު ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ޙައްޖާ ޢުމުރާވުމަށްފަހު ބުރުގާ ނަގާ އަންހެނުން ވިސްނާލަންޖެހޭ މުހިންމު ބައެއް ކަންކަން-

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ (ޤުރްއާނުގަވާ މިންވަރަށް އަޢުރަ ނިވާކުރުން) އެއީ ހަމައެކަނި ޢުމްރާ އަށް ނުވަތަ ޙައްޖަށްދާއިރު ކުރަން އޮންނަ ކަމެއް ނޫން ކަމަށާއި ހިލޭފިރިހެނަކަށް ފެންނަ ހިސާބަށް ނުކުންނަނަމަ ޢައުރަ ނިވާކުރަންޖެހޭނެ ކަމަށެވެ.  

ޝައިޚް މިފަދައިން ވިދާޅުވީ "ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ހައްޖަށް ދާން ނުވަތަ ޢުމްރާއަށް ދާން ވަގުތީގޮތުން ބުރުގާއަޅާ! ވަރަށް އުފާވޭ މީހުން ބުރުގާއަޅާ ދީނުގެ ވާޖިބެއް އަދާކުރާތީ! ބުރުގާއެޅުމަކީ ދީނުގެ ވާޖިބެއްގެ އިތުރުން ރީތިވެސް ކަމެއް! ހުރިހާ އަންހެންކަނބަލުންވެސް ބުރުގާއެޅުމަށް އިލްތިމާސްކުރަން!" ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވުމުންނެވެ.

ޙައްޖަށް ނުވަތަ ޢުމުރާއަށްދާ ބައެއް އަންހެނުން އަޅުކަން އަދާކުރުމަށްފަހު ފުރަން އެއާޕޯޓަށް ގޮސްފައި ބުރުގާ ނަގާކަން ފާހަގަކުރެވެއެވެ. ޤުރްއާނުގައި އަޢުރަ ނިވާކުރަން އަމުރުކުރައްވަވައި ވަޙީ ކުރެއްވެވި އެއްވެސް އާޔަތެއްގައި އެގޮތަށް އެކަން ކުރާކަށް ނެތެވެ. އޮތީ ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަޢުރަ ނިވާކުރުމެވެ. 2 ޝައިޚުންވެސް ފާހަގަކުރައްވާފައި އެވަނީ އެކަމެވެ. 

ޤުރްއާނަށް ޢަމަލުނުކުރާނަމަ އެމީހާއަކީ ﷲ އަމުރުފުޅުތަކަށް ޢަމަލުކުރާ މީހެއްކަމަށް ނުބެލެވޭނެކަން ދީނީ ޢިލްމުވެރިން ގެންދަވަނީ ބަޔާންކުރައްވަމުންނެވެ. އެމީހަކީ ﷲ ތަޢާލާއަށް ބިރުވެތިވާ އަދި ﷲ ގެ ވަޙީބަސްފުޅުތަކަށް ލޯބިކުރާ މީހަކު ނަމަ ޤުރްއާނަށް ޢަމަލުކުރާނެ ކަމަށްވެސް ޢިލްމްވެރިން ބަޔާން ކުރައްވަވައެވެ. 

ﷲ ތަޢާލާ ކޮންމެ މީހަކަށްވެސް ބައްލަވައިވޮޑިގަންނަވަނީ ހަމައެކަނި ޙައްޖާއި ޢުމުރާގައި ހޭދަކުރާ ވަގުތުތަކުގައި އެކަންޏެއް ނޫނެވެ. ހުރިހާ ވަގުތުތަކެއްގައިވެސް ބައްލަވައިވޮޑިގެންވެއެވެ. ހަމައެއާއިއެކު ޙައްޖު ނުވަތަ ޢުމުރާވުމަށްފަހު މީހާގެ ޢަމަލުތައް އިޞްލާޙް ނުކުރާނަމަ އެއަދާކުރި އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރެވިފައި ނުވަނީކަން ދޭހަވާކަމަށްވެސް ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ. މާނައީ އެކަމުން އޭނާއަށް ކުރި ފައިދާއެއް ނެތްކަމެވެ.

މިއަދު އޮންލައިން