ލޯތްބާ ދުޢާގެ ބާރު!: ދުވަހަކުވެސް ވެންޓިލޭޓަރުން ނުނެގޭނެ ކަމަށް ޑޮކްޓަރުން ނިންމި އަނބިމީހާ ގެއަށްދިއައީ ޑޮކްޓަރުންނަށް ހިނިތުންވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ލޯތްބާ ދުޢާގެ ބާރު!: ދުވަހަކުވެސް ވެންޓިލޭޓަރުން ނުނެގޭނެ ކަމަށް ޑޮކްޓަރުން ނިންމި އަނބިމީހާ ގެއަށްދިއައީ ޑޮކްޓަރުންނަށް ހިނިތުންވަމުން!

ތެދުވެރި ލޯބިވެރިން މިހާރު މަދުކަމުން އެފަދަ މީހުން ދުނިޔޭގައި ނުވެސް އުޅޭކަމަށް ބުނާ މީހުން ބައިވަރެވެ. ގިނަ ބައަކު ބުނަނީ ހަމަ އެހެންނެވެ. ނަމަވެސް މިކިޔައިދެނީ އަނބިމީހާއަށްޓަކާ ފިރިމީހާ ކެނޑިނޭޅި ކުރަމުން ގެންދިއަ ދުޢާތަކުގެ ސަބަބުން ހިނގައިދިއަ ކަމެއްގެ ޥާހަކައެވެ.

މުހިންމީ މި ދެމަފިރިންގެ ނަމެއް ނޫނެވެ! ޢިބްރަތް ޙާޞިލުކުރަންވީ ދެމަފިރިންގެ ދިރިއުޅުމުންނެވެ. ދެ މީހުންނަކީވެސް އުމުރުން އެންމެ 29 އަހަރުގެ ދެމީހުންނެވެ.

އަނބިމީހާ ވިހަން އުޅުމުގެ ތެރޭގައި މައިބަދައަށް ލިބުނު ގެއްލުމުގެ ސަބަބުން ވެންޓިލޭޓަރުން ދުވަހަކުވެސް ނުނެގޭނެ ކަމަށް ޑޮކްޓަރުން ލަފާ ދިނެވެ. ނަމަވެސް މިހާރުވަނީ ވެންޓިލޭޓަރުން ނެގިފައެވެ. އުނަގަނޑުން ތިރީގައި ވާގިނެތުމުން ފުރޮޅުލީ ގޮނޑިއެއްގައި އުޅެން ޖެހުނު ނަމަވެސް ޢާންމު ދިރިއުޅުމެއް އުލެން ފެށިފައެވެ.

އަނބިމިހާ ބުނަނީ އޭނާއަށް އެ ޙާލަތަށް ރުޖޫޢަވެވުނީ އޭނާގެ ފިރިމީހާ ކެނޑިނޭޅިކުރަމުން ގެންދިއަ ދުޢާގެ ސަބަބުން ކަމަށާއި އޭނާގެ މަސައްތުން ކަމަށެވެ. ފިރިމީހާ ދޭ ލޯތްބާއި އަޅައިލުމާއި ހިތްވަރާއި ފޯރުކޮށްދޭ އެހީތެރިކަމުން ކަމަށެވެ.

"މިހާރުވެސް އަހަރެމެން ދެމަފިރިންގެ މެދުގައިވެސް ޚިޔާލުތަފާތުވާ ކަންކަން އެބަހުރި. ބައެއް ފަހަރު ޒުވާބުވެސް ކުރެވޭ. އެކަމަކު އަހަރެންގެ ހާލު ފިރިމީހާ ދަނޭ. އެހެންވެ އަހަރެން ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް." ކަމަށް އަނބިމިހާ ބުނެއެވެ.

ކޮންމެ ދެމަފިރިއަކު ނަމަވެސް އެކަކު އަނެކެއްގެ ޙާލަތަށް ވިސްނައިގެން އިންސާނިއްޔަތުކަން ބަހައްޓައިގެން ދިރިއުޅެން މަސައްކަތްކުރާނަމަ އެކަމަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެއެވެ. ބޮޑެތި މުޞީބާތްތަކުންވެސް ސަލާމަތްކޮށްދެއްވަވާނެތެވެ. މުސްލިމުން ނޫން މީހުންނަށްވެސް އެކަލާނގެ ރަޙްމަތް ވަނީ ތަނަވަސްވެގެންނެވެ. އެއީ އެކަންކަމަށް ވިސްނައި އެމީހުން ވެސް ޙައްޤުގެ މަގަށް ރުޖޫޢަވުމަށް ފުރުޞަތު ދެއްވެވުމަށްޓަކައެވެ.

ނިކަން ވިސްނައިލަބަލާށެވެ! ދުވަހަކުވެސް ވެންޓިލޭޓަރުން ނުނެގޭނެ ކަމަށް ކުޅަދާނަ ޑޮކްޓަރުން ނިންމި އަންހެނަކު މިހާރު ދިރިއުޅެމުން އެގެންދަނީ ހިނިތުންވުމާއިއެކުގައެވެ. ނުކުޅެދުންތެރިކަމެއް ހުރިނަމަވެސް ދުލަހެޔޮ ޞިއްހަތެއްގައެވެ. ﷲ ތަޢާލާ މިންވަރުކޮށް ދެއްވަވާ ނިޢްމަތްތަކާއިމެދު ވިސްނައިލާ މީހަކަށް ޢިބްރަތަކަށް ނުވޭ ހެއްޔެވެ؟

 

މިއަދު އޮންލައިން