2 ޝައިޚުންވެސް ހިތްވަރުކުރައްވާށެވެ! ޝައިޚް އިމްރާން ވިދާޅުވީ ޖަލަށްލީކަން އެއީ ﷲ ތަޢާލާއާއި ކުއްތަންވެވަޑައިގަންނަވަން ލިބިވަޑައިގެންނެވި ވަރަށް އަގުހުރި ފުރުޞަތެއް ކަމަށެވެ. މިއަދުގެ ސަރުކާރުން 2 ޝައިޚުންނަށް ދެއްވާފައިވާ ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕަވާށެވެ.
ﷲ ތަޢާލާގެ ވަޙީ ބަސްފުޅު މިއޮތީއެވެ. "-- ހަމަކަށަވަރުން، ﷲ އަށް ނަޞްރުދޭ މީހަކަށް، އެކަލާނގެ ނަޞްރު ދެއްވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، اللَّه އީ، ބާރުވެރިވަންތަ، ޢަޒީޒް ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ." (އަލްޙައްޖު: 40)
"އެއުރެންނީ، ތިމަންމެންގެ ވެރިރަސްކަލާނގެއީ، ﷲ އޭ ބުނުން މެނުވީ، އެއްވެސް ޙައްޤަކާނުލައި އެއުރެންގެ ގޯތިގެދޮރުން ނެރެލެވުނުމީހުންނެވެ. އަދި މީސްތަކުންކުރެ އެއްބަޔަކު މެދުވެރިކުރައްވައި އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) ﷲ ދުރުކުރެއްވުން ނުވާނަމަ، ނަޞާރާއިންގެ ފައްޅިތަކާއި، އަޅުކަންކުރާ ތަންތަނާއި، ޔަހޫދީންގެ ފައްޅިތަކާއި، ގިނަގިނައިން ﷲގެ އިސްމްފުޅު ނަންގަނެވޭ މިސްކިތްތަކާއި (މިހުރިހާ ތަންތަން) ސުންނާފަތިކޮށްފީސްކަން ކަށަވަރެވެ. ހަމަކަށަވަރުން، ﷲ އަށް ނަޞްރުދޭ މީހަކަށް، އެކަލާނގެ ނަޞްރު ދެއްވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، اللَّه އީ، ބާރުވެރިވަންތަ، ޢަޒީޒް ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ."
(އަލްޙައްޖު: 40)