ސުވާލު:. ކުދި ފާފަތަކަށް ތައުބާވުމަށްވެސް ތައުބާ ނަމާދު ކުރަން ޖެހޭނެތޯ؟
ޖަވާބު:. ތަޥްބާވުމަށްޓަކައި ކޮންމެހެން ތަޥްބާ ނަމާދެއް ކުރުން އެއީކީ ލާޒިމު ކަމެއްނޫން. ތަޥްބާވުމަށްޓަކާ ފުރަތަމަ ކަމަކަށް އޭނަޔަށް މިކުރެވުނު ކަންތަކާ ދޭތެރޭގާ ހިތާމަ ކުރަންވީ ދެން އެޔަށްފަހުގާ އެފަދަ ކަމެއް އިތުރަށް ތަކުރާރު ނުކުރުމަށް އޭނާގެ ހިތުން ޢަޒުމް ކަނޑައަޅާނީ. އަދި އެޔަށްފަހުގާ މީހެއްގެ ޙައްޤެއް އެކަމުގާ އެކުލެވިގެންވާ ކަމެއް ކަމަށްވަނީނަމަ އެމީހާގެ ފަރާތުން މާފަށް އެދޭނީ އަދި ﷲގެ ޙަޟްރަތުގާ ފާފަ ފުއްސެވުން އެދި ދުޢާކުރާނީ،
ކޮންމެހެން ނަމާދެއް ކުރާކަށް ނުޖެހޭނެ. އަޅުގަނޑުމެން ހެނދުނާ ހަވީރުގެ ޛިކްރުތަކުގާވެސް އެބަހިމެނޭ ކޮންމެ ދުވަހަކުވެސް 100 ފަހަރު أسْتَغْفِرَ اللهَ (أسْتَغْفِرَ اللهَ) ގެ މާނަޔަކީ: ހައްދަވާ ގެންގުޅުއްވާ އިލާހޭ މިއަޅާގެ ފާފަ ފުއްސަވާނފާދޭވެ!
- ޖަވާބުދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް